Kamadhoo council Raees akah Sjid
image
ރައީސް ސޯލިހު އާއި އެކު ކަމަދޫ ކައުންސިލްގެ އާ ރައީސް ސާޖިދު.
0 ކޮމެންޓް
 

ކަމަދޫ ކައުންސިލްގެ ރައީސަކަށް ސާޖިދު

ބ. ކަމަދޫ ކައުންސިލްގެ ރައީސަކަށް، އެ ކައުންސިލްގެ މެމްބަރު އަހުމަދު ސާޖިދު އިންތިހާބު ކޮށްފި އެވެ.
ކައުންސިލް ރައީސަކަށް ސާޖިދު އިންތިހާބު ކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ބުރާސްފަތި ދުވަހު އެވެ. ކައުންސިލް ރައީސް ކަމުން ސަމީރު އިސްތިއުފާ ދެއްވީ އުއްމީދު ކުރި ގޮތަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ އެވެ.

ކައުންސިލްގެ ރައީސަކަށް ސާޖިދު އިންތިހާބު ކުރި އިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ރައީސްކަމުން އިސްތިއުފާ ދެއްވި ކައުންސިލަރު ސަމީރު އެވެ.

އެމްޑީޕީގެ ދެ މެމްބަރުންނާއި ޕީޕީއެމްގެ ކައުންސިލަރަކު ތިއްބަވާ ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބު ކުރި ސާޖިދު އަކީ، ވެރިކަން ކުރާ މައި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. އަދި ކުރީގެ ސަރުކާރުގެ ދުވަސްވަރު، އެކި "މައްސަލަތަކުގައި" ތަކުރާރުކޮށް އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.

ސާޖިދަކީ 2017 ވަނަ އަހަރު ބޭއްވި ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިުޔާބުކޮށް، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކައުންސިލަރުކަމުގެ ހުވާ ކުރެއްވި ބޭފުޅެކެވެ.
ހިޔާލު