Maduvvaree fenuge nizaamuge amalee masahkai fashaifi
image
މަޑުއްވަރީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެންވަޔަމަންޓް މިނިސްޓަރު ފައްޓަވައި ދެއްވަނީ.
0 ކޮމެންޓް
 

މަޑުއްވަރީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. މަޑުއްވަރީގައި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރަސްމީކޮށް އެ މަސައްކަތް ފައްޓަވައިދެއްވި އިރު، އެ މަސައްކަތަކީ ގްރީން ކްލައިމެޓް ފަންޑް ގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން އެ ޕްރޮޖެކްޓަށް ގްރީން ކްލައިމެޓް ފަންޑުން 30.5 މިލިޔަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ބުނެ އެވެ.

ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން އެ ރަށުގައި އާރްއޯ ޕްލާންޓެއް ބަހައްޓައި، ލެބޯޓްރީއެއް ހިމެނޭ ގޮތަށް އޮފީސް އިމާރާތެއް އަޅާނެ އެވެ. އަދި މުޅި ރަށުގައި ފެންހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީ ތަކާއި އެހެނިހެން އިމާރާތްތަކުގައި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ.

އޭގެ އިތުރުން މަޑުއްވަރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ ޕްރޮޖެކްޓް ނިމޭއިރު އެ ރަށުގައި ވޯޓާ ކަލެކްޝަން ޓެންކެއްގެ އިތުރުން ސްޓޯރޭޖް ޓޭންކެއް ވެސް ގާއިމް ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަދު ފެށި ނަމަވެސް، ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އެ ކުންފުންޏާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމަން ޖެހޭނެ އެވެ.
ހިޔާލު