PPM ah dheyn jehey faisaa finance ministry inn jamaa koh dheefi
image
ޕީޕީއެމުން އެންމެ ފަހުން ބޭއްވި ކުއްލި ކޮންގްރެސްގެ ތެރެއިން-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

ޕީޕީއެމަށް ދޭން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ޖަމާކޮށްދީފި

ދައުލަތުގެ ބަޖެޓުން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ދޭން ޖެހޭ 9.2 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އެ ޕާޓީއަށް ދީފި އެވެ.
ފިނޭންސް މިނިސްޓްރީން އެ ފައިސާ ޕީޕީއެމަށް ޖަމާކޮށްދިނީ މިދިޔަ ބުރާސްފަތު ދުވަހު އެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީއަކަށް ފައިސާ ދޭން ނިންމި އެވެ.

އޭގެ ތެރެއިން ތިން ޕާޓީ އަށް ފައިސާ ދިން އިރު ޕީޕީއެމަށް ފައިސާ ދުލެއް ނުކުރެ އެވެ. އެގޮތަށް ދިމާވީ އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި ޕީޕީއެމަށް ފައިސާ ފޮނުވަން އެދިފައި ނެތުމުންނެވެ.

އެ މައްސަލަ ފެންމަތިވުމުން ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އަށް ފައިސާ ޖަމާކުރުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދެވޭނީ މަދުވެގެން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން މިއަހަރު އެވަރަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީއަށް ޖުމްލަ 26.2 މިލިއަން ރުފިޔާ ބެހުމަށް ކަނޑައެޅި އެވެ،

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 12 މިލިއަން ރުފިޔާ ޖަމާ ކުރިއިރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ޖަމާކުރީ ދެ މިލިއަން ރުފިޔާ އެވެ.
ހިޔާލު