Maalhohu dharivarunge medhugai Zero waste challenge eh kuriyah gengosfi
image
ޒީރޯ ވޭސްޓު ޗެލެންޖު ކުރިއަށް ގެންދަނީ--
0 ކޮމެންޓް
 

"ޒީރޯ ވޭސްޓް ޗެލެންޖު" މާޅޮހު ސްކޫލު ދަރިވަރިންގެ މެދުގައި ކުރިއަށް ގެންގޮސްފި

ބ. މާޅޮހުގައި ބޭނުން ކުރެވޭ ސިންގަލް ޔޫސް ޕްލާސްޓިކާއި އެހެނިހެން ކުނި މަދުކޮށް އަދި ރީސައިކަލް ކުރުމުގެ އާދަ އަށަގަންނެވުމުގެ ގޮތުން އެރަށު ސްކޫލު ކުދިންގެ މެދުގައި "ޒީރޯ ވޭސްޓް ޗެލެންޖު" ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންގޮސްފި އެވެ.
ނަމޫނާ ބ. އަތޮޅު މަޝްރޫޢުގެ ދަށުން ހިންގި މި މުބާރާތް ކުރިއަށް ދިޔައީ އެކި ގްރޭޑުތަކުގެ މެދުގައެވެ. އެގޮތުން އެންމެ ގިނަ ކުނި އެއްކުރާ ގްރޭޑެއްގެ ދަރިވަރުންނަކީ މުބާރާތުގެ އެއްވަނަ ލިބޭ ދަރިވަރުންނެވެ. މުބާރާތުގެ ދަށުން ކުނި އެއްކުރުމަށްފަހު އެކި ބާވަތުގެ ކުނި ވަކި ކުރުމަށްފަހު ރީސައިކަލް ކުރެވިގެންދާނެ އެވެ.

މިދިޔަ މަހުގެ 19 އިން އިއްޔެގެ ނިޔަލަށް މި މުބާރާތް ކުރިއަށް ދިޔައިރު މުބާރާތުން މޮޅުވި ގްރޭޑެއް ހޮވުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. މި ޗެލެންޖުގެ ދަށުން ދަރިވަރުންނާއި ސްކޫލު ޓީޗަރުންނާއި އަދި ބެލެނެވެރިން އެއްކުރާ ޕްލާސްޓިކް ކުންޏާއި ދަޅު ފަދަ ތަކެތި ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި ކިރުމަށްފަހު ކޮންމެ ގްރޭޑަކަށް ވެސް ޕޮއިންޓު ދެވޭނެއެވެ.

އެއްކުރެވުނު ތަކެތީގެ ތެރެއިން ރީސައިކަލް ކުރެވޭ ބާވަތުގެ ކުނި ސާފުނުކޮށް ހުރިނަމަ ދަރިވަރުންނަށް ޕޮއިންޓެއް ނުލިބޭނެއެވެ. އެގޮތުން އެއްކުރާ ދަޅު އަދި ފުޅިފަދަ އެއްޗެހީގައި ބާކީވެފައި ހުންނަ ކާނާ ފަދަ ތަކެތި ނުހުންނަ މިންވަރަށް އެތަކެތި ދޮވެ، ސާފުކުރަން ދަރިވަރުންނަށް ޖެހޭނެއެވެ. ދޮވެ ސާފުކުރުމަށްފަހު މެހިފަދަ ސޫފިން ރައްކާތެރިކަން ލިބޭ ފަދަ ގޮތަކަށް ގޭގައި އެތަކެތި ބަހައްޓާނެއެވެ.

ނަމޫނާ ބ. އަތޮޅު މަޝްރޫޢަކީ ބ. އަތޮޅުގެ ކިހާދު އާއި ދަރަވަންދޫ އަދި މާޅޮހުގެ ކައުންސިލްތަކުގެ އިސްނެގުމުގެ މަތިން ސޮނޭވާފުއްޓާއި ގުޅިގެން އެ ތން ރަށަށް ދިމާވެފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނެވި ޙައްލެއް ހޯދުމުގެ ބޭނުމުގައި ހިންގޭ ޙަރަކާތެކެވެ.
ހިޔާލު