Fandiyaaruge islaahu kurumuge masakatheh nuhutthuveyne: Hisan
image
ހިސާން މަޖިލިސް ޖަލްސާއެއްގައި
އަހުމަދު
2 ކޮމެންޓް
 

ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތެއް ނުހުއްޓުވޭނެ: ހިސާން

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ސްޕްރީމް ކޯޓުން ހިތްހަމަޖެހޭ ކަމެއް ނުވަތަ ހިތްހަމަ ނުޖެހޭކަމެއް ނަމަވެސް އެ މަސައްކަތެއް ނުހުއްޓާނެ ކަމަށާއި އެމަސައްކަތް ނުވެސް ހުއްޓުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ޖުޑީޝަލް ސާރވިސް ކޮމިޝަނާއި ސްޕްރީމް ކޯޓާއި ދެމެދު މިހާރުވަނީ "ހަނގުރާމައެއް" ފެށިފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހިސާން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މީގެ ކުރިން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތުގައި އުޅުއްވީ މިހާރަށްވުރެ އުނދަގޫ ބިރުވެރި ހާލަތެއްގައި ކަމުގައެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ ސްޕްރީމް ކޯޓުން ހިތްހަމަޖެހޭ މަސައްކަތެއް ނުވަތަ ނޫންކަމަށް ވިޔަސް އެމަސައްކަތް ނުވެސް ހުއްޓުވޭނެކަމަށާއި ނުވެސް ހުއްޓާނެކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން މިހެން ވިދާޅުވީ ޖޭއެސްސީގެ ފަސް މެމްބަރެއްގެ މައްސަލަ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.

އަބްދުﷲ ދީދީގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާއި ގުޅިގެން ސަސްޕެމްޑް ކުރުމަށް ނިންމުމުން ސްޕްރީމް ކޯޓުންވަނީ އެނިންމުން ބާތިލްކުރުމަށް އަމުރުކޮށްފައެވެ. ނަމެސް ޖޭއެސްސީ ފަހުން ނިންމީ އެކަން ބަދަލު ކުކުރުމަށެވެ.

މީގެ އިތުރުން އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީންވެސް ޖޭއެސްސީއާއި އެއްކޮޅަށް މައްސަލަ ނިންމާ މަޖިލީހުގެ ތަޅަމަށް ފޮނުވުމަށް މިހާރުވަނީ ނިންމާފައެވެ.

އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވިޓެއްގައި ހިސާން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް ރައްޔިތުން ދިން މެންޑޭޓު ވަރަށް ސާފުކަމަށާއި ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ދާނީ އެއް މިސްރާބަކަށް ކުރިއަށް ކަމުގައެވެ.
ޝަރުއީ ދާއިރާ
ހިޔާލު

ގާޒީ

މިދެން ކޮންފަދަކަމެއް ފަޑިޔާރަކާހެދި މިގައުމު ހުއްޓިފަ!

ޖުމަ

ތިމާވެސް އިސްލާހުވާންޖެހޭ ޔަހޫދީންގެ ސިފަ. ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވާށި