Miss India ge thaaju mi faharu Rajasthan
image
އިންޑިއާގެ ރީތީގެ ރާނީއަށް މިއަހަރު ހޮވުނު ސުމަން ރާއޯ--
1 ކޮމެންޓް
 

މިސް އިންޑިއާގެ ތާޖު މިފަހަރު ރާޖަސްތާނަށް

އިންޑިއާގެ ރީތީގެ ރާނީއަކަށް ރާޖަސްތާނަށް ނިސްބަތްވާ، ސުމަން ރާއޯ ހޮވިއްޖެ އެވެ.
"މިސް އިންޑިއާ 2019" ހޮވުމަށް ރޭ މުމްބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސުމަންގެ ބޮލުގައި ތާޖު އަޅުވައި ދިނީ މިދިޔަ އަހަރު މިސް އިންޑިއާ އަށް ހޮވުނު ތަމިލް ނާޑޫ ސިޓީގެ އަނުކްރީތީ ވާސް އެވެ.

އުމުރުން 20 އަހަރުގެ ސުމަން އަކީ ޗާޓެޑް އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ފަރާތެކެވެ. މިސް އިންޑިއާގެ ލަގަބު މިފަހަރު އޭނާ އަށް ލިބުމާއެކު މިއަހަރު ތައިލެންޑުގައި އޮންނަ ދުނިޔޭގެ ރީތީގެ ރާނީ ހޮވުމަށް އޮންނަ މުބާރާތުގައި އޭނާ އިންޑިއާ ތަމްސީލު ކުރާނެ އެވެ.

ރީތީގެ ރާނީއަކަށް ހޮވުމުން ސުމަން އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ވަނީ ހުވަފެނެއް ދެކިއްޖެނަމަ އެހުވަފެނެއް ހަގީގަތަކަށް ހެދުމަށް އޭނާ ފަދައިން އެހެން އަންހެން ކުދިން ވެސް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެގޮތުން އޭނާއަށް ލިބުނު ކާމިޔާބީ އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު ފާހަގަކުރުމަށް ކެތްމަދުވެފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ކަރަން ޖޯހަރާއި މަނީޝް ޕައުލް އަދި 17 އަހަރަށްފަހު އިންޑިއާއަށް މިސް ވޯލްޑްގެ ތާޖު ހޯދައިދިން މަނޫޝީ ޗިއްލަރު އެ ރަސްމިއްޔާތު ހުށަހަޅައިދިންއިރު މިފަހަރުގެ މުބާރާތުގައި މިސް އިންޑިއާ ގްރޭންޑް އިންޓަނޭޝަނަލަކީ ޗައްތިސްގަރަށް ނިސްބަތްވާ ޝިވާނީ ޖާދަވްއެވެ. އަދި މިސް އިންޑިއާ ޔުނައިޓެޑް ކޮންޓިނެންޓްސްއަކަށް ބިހާރަށް ނިސްބަތްވާ ޝްރެޔާ ޝަންކާރު ވަނީ ހޮވިފައެވެ. އޭގެ އިތުރުން މުބާރާތުގެ ދެވަނައަށް ދިޔައީ ތެލަންގަނާގެ ސަންޖަނާ ވިޖެވެ.
ހިޔާލު

ޝޫނަސަ

ޗާޓެޑް އެކައުންޓިންއަކީ ދައިރާއެއްނޫން. އެކައުންޓިން ދައިރާއިން ޗާރޓެޑް ޑިގްރީއެއް ހާސިލްކޮއްފަ. މިހާރު ތިޔަ ބުނެވެނީ ޕީއެޗްޑީ އިން ޑޮކްޓަރިޒަމް ހާސިލްކޮއްފައޭ ކަހަލަ ބަހެއް.