MDP ge Parliament Group ge maqaam thakah kurimathilumah hulhuvaalaifi
image
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން--
0 ކޮމެންޓް
 

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އަންނަ މަހުގެ ދެވަނަ ދުވަހު އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 04:00 ގެ ކުރިން އެ މެމްބަރަކު ކުރިމަތިލައްވާ މަގާމު އެނގޭނެ ގޮތަށް ޕާޓީގެ ސެކްރެޓަރީ އަށް ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށް ވެސް އެއިލާނުގައި ވެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް އިންތިހާބު ކުރާ މަގާމުތައް:

ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު (އިންތިހާބު ކުރެވޭނީ އެއް ބޭފުޅަކު)
ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު (އިންތިހާބު ކުރެވޭނީ ދެ ބޭފުޅުން)
އަމީން އާއްމު (އިންތިހާބު ކުރެވޭނީ އެއްބޭފުޅަކު)
އަމީން އާއްމުގެ ނާއިބު (އިންތިހާބު ކުރެވޭނީ އެއް ބޭފުޅަކު)
ޗީފް ވިޕް (އިންތިބު ކުރެވޭނީ އެއް ބޭފުޅަކު)
ވިޕުން (އިންތިހާބު ކުރެވޭނީ 6 ބޭފުޅުން)

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ކުރިމަތި ލެވޭނީ އެޕާޓީގެ މަޖިލިސް މެމްބަރުންނަށެވެ. އަދި އެ އިންތިހާބުގައި ވޯޓު ދެވޭނީ ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް މީގެ ކުރިން ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނެވެ.
ހިޔާލު