The Lion King ge hindi version ah Shah aai Aryan ge adu
image
ދަ ލަޔަން ކިންގްގެ ހިންދީ ވާޝަނަށް ޝާހު އާއި އާރިޔަންގެ އަޑު---
0 ކޮމެންޓް
 

ދަ ލަޔަން ކިންގްގެ ހިންދީ ވާޝަނަށް ޝާހު އާއި އާރިޔަންގެ އަޑު

މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުން އަންނަ ފިލްމު ކަމަށްވާ "ދަ ލަޔަން ކިންގްގެ ހިންދީ ވާޝަނަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާނާއި އޭނާގެ ފިރިހެން ދަރިފުޅު އާރިޔަން ހާންގެ އަޑު އެޅުމަށް ނިންމައިފި އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ނެރުނުމަށް ހަމަޖެހިފައިވާ އެފިލްމަށް ހިންދީން އަޑުއަޅަން ނިންމާފައިވާއިރު އެފިލްމުގައި އުޅޭ މުފާސާއަށް އަޑު އަޅަން ނިންމާފައި ވަނީ ޝާހުއެވެ. އަދި މުފާސާގެ ދަރިފުޅު ސިމްބާއަށް އަޑު އަޅަން ނިންމާފައިވަނީ އާރިޔަންއެވެ.


އެގޮތުން ފިލްމުގެ ހިންދީ ވާޝަން ނެރުމަށް ނިންމާފައިވަނީ އަންނަ މަހު 19 ވަނަ ދުވަހުއެވެ. އެފިލްމަކީ ޑިޒްނީ އިން 1994 ވަނަ އަހަރު ރިލީޒް ކުރި “ދަ ލަޔަން ކިންގް”ގެ ލައިވް-އެކްޝަން ރީމޭކް އެކެވެ.

ޝާހު ވަނީ މީގެ ކުރިން ވެސް ގިނަ ކާޓޫންތަކަށް އަޑުއަޅާފައެވެ. ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ޒީރޯ" އިންނެވެ. ގިނަ ބަޔަކު މިހާރު ތިބީ ޝާހު ދެން ފެނިގެން ދާނެ ފިލްމެއްގެ އިންތިޒާރުގައެވެ.
ޝާހުރުކް ހާން
ހިޔާލު