Auditor general maaliyyathu committee ah haaziu koffi
image
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފި

އޮޑިޓް ރިޕޯޓުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާ ބައްދަލުކުރައްވައިފި އެވެ.
މާލިއްޔަތު ކޮމިޓީން އޮޑިޓާ ޖެނަރަލްއާ ބައްދަލުކުރައްވާފައި މިވަނީ ނިމިދިޔަ އަށާރަ ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ދައުލަތުގެ ބައެއް އިދާރާތަކުގެ 101 އޮޑިޓް ރިޕޯޓެއް މަޖިލީހުން ފާސްކޮށް ނިންމާލާފައިވާ ދަނޑިވަޅެއްގައި ވެސް މެއެވެ.

އޭރުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރޭގައި 2007 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދުގެ ރިޕޯޓްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓްތަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އެކި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އޮޑިޓް ރިޕޯޓްތައް ވެސް ހިމެނެއެވެ.

ގިނަ ދުވަސްތަކެއް ވެފައިވާ ރިޕޯޓްތައް މާލިއްޔަތު ކޮމިޓީން ޖަލްސާއަށް ހުށަހެޅުމުން ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން އޭރު ވެސް ފާޅުކޮށްފައެވެ.
ހިޔާލު