Suneethaa ge agu vahtaalan bayaku ulhey kamah bunefi
image
ސުނީތާ އަލީ--
4 ކޮމެންޓް
 

ސުނީތާގެ އަގު ވައްޓާލަން ބަޔަކު އުޅޭ ކަމަށް ބުނެފި

ބަޔަކު އެއުޅެނީ އަގުވައްޓާލަން ކަމަށާއި އެބަޔަކު ދައްކާ ވާހަކަ ސަޕޯޓަރުން ގަބޫލުނުކުރުމަށް މަގްބޫލު ފިލްމީ ތަރި ސުނީތާ އަލީ (ސުނީ) ބުނެފި އެވެ.
ނެށުމުގެ މޮޅު ހުނަރުތަކާއެކު ދިވެހި އެތައް ބަޔެއްގެ ސަޕޯޓު ލިބިފައިވާ ސުނީއާ ދެކޮޅަށް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރަ އެވެ.

އެގޮތުން މިފަހަރު ފެންމަތިވެފައި ވަނީ ޕްރިޔަންކާ ޗޯޕްރާގެ އަތުގައި ޖަހާފައި އިންނަ ކަހަލަ ޓެޓޫއެއް ސުނީ ވެސް ޖަހަން ބޭނުންވާ ކަމަށް ބުނާ ޕޯސްޓެކެވެ.

ސީއެންއެމް އަށް ދިން އިންޓަވިއުއެއްގައި ސުނީ ބުނީ ޓެޓޫގެ ވާހަކަ އާއި ޕްރިޔަންކާ ލާ ވައްތަރުގެ ހެދުން އޭނާ އަށް ނުލެވޭނެ ކަމަށް ބުނެ މާނަ އޮޅޭ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓު ކުރި ޕޭޖަކީ ކޮން ބައެއް ހިންގާ ޕޭޖެއްކަން ނޭނގުނު ނަމަވެސް އެ ޕޭޖަކީ ސުނީ އާ ދެކޮޅަށް ހިންގާ ޕޭޖެއް ކަން އެނގޭ ކަމަށް ސުނީ ވަނީ ބުނެފަ އެވެ.




"ސަޕޯޓަރުންގެ ޓްރަސްޓް ވަރަށް މުހިއްމު. އެ ޕޭޖާ ދެކޮޅަށް ބައިވަރު މީހުން އެބަހުރި ކޮމެންޓު ކޮށްފައި. ސަޕޯޓަރުން ގަބޫލެއް ނުކުރާނެ އެއީ ހަމަ ޖެހޭ ވާހަކަތަކެއް ކަމަށް. އެމީހުންގެ ޓްރަސްޓު ގެއްލޭ އެއްވެސް ކަމެއް މިއަދާ ހަމައަށް ނޯންނާނެ ކޮށްފައެއް، ނުވެސް ކުރާނަން. ހާއްސަކޮށް ހެދުން ނުވަތަ ޓެޓޫ އެއީ ދުވަހަކު ވެސް ހިތަށް އެރި ކަމެއް ވެސް ނޫން" ސުނީ ބުންޏެވެ.

ސުނީ ބުނީ ބުނަން ބޭނުންވާ އެއްޗެއް އަދި ކުރަން ބޭނުންވާ ކަމެއް ރަސްމީ ޓުވިޓާ ނުވަތަ ރަސްމީ ޕޭޖު ނުވަތަ އަނގައިން ބުނާނެ ކަމަށާއި މީހުން ދައްކާ ވާހަކަ ގަބޫލު ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދޭ ކަމަށެވެ.
ހިޔާލު

ނިއުމާ

އަގޭ.. ނާހަމަ ތެދެއް..؟

ޢަނީ

ސުނީތާ މަޝްހޫރުވީމަ ނިއުމާއަށް ކެއްނުވަނީ

ބުއްރާސް

ފިލްމުކުޅޭ އައްޒަ ހިންގާ ޕޭޖެއް ކަމައްވަނީ ފިލްމީ ދުނިޔެ

އާދަނު

އިސްލާމީ ގައުމެއްގަ އަންހެނުން އުޅޭ ގޮތައް އުޅޭނަމަ މީހުން ފާޑުފާޑު އެއްޗިއްސެއް ނުލިޔާނެ ޣައިރު ދީން އަންހެނެއް ފަހަތުން ދުވެ އޭނަ އުޅޭގޮތައް އުޅެވޭކަމެއް ނޭންގޭތަ