Launch eh bandun jahaalai, bayakah aniyaavejje
image
އުނގޫފާރު ނެރުމައްޗަށް ބަންޑުންޖަހައިލި ލޯންޗް.-- ފޮޓޯ: އުނގޫފާރު.ކޮމް
1 ކޮމެންޓް
 

ލޯންޗެއް ބަންޑުން ޖަހާލައި، ބަޔަކަށް އަނިޔާވެއްޖެ

ރ. އުނގޫފާރު ނެރުމައްޗަށް ލޯންޗެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި ތިން މީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ރަށުން ފުރައިގެން ޖޯލި މޯލްޑިވްސް ރިސޯޓަށް ދަތުރުކުރި ލޯންޗް، އުނގޫފާރު ނެރުމައްޗަށް ބަންޑުން ޖަހައިލުމުން އަނިޔާވީ އެ ލޯންޗް ދުއްވަން އިން ދިވެހި ކެޕްޓަންގެ އިތުރުން ބިދޭސީ ދެ ފިރިހެނުންނަށެވެ. ލޯންޗް ބަންޑުން ޖަހާލީ، ނެރު ކައިރިން ލޯންޗްގެ އިންޖީނު ހުއްޓުމުން، ނެރު މައްޗަށް އެރުމުން ކަމަށް ވެއެވެ.

ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އޭގެން ދަތުރުކުރި ތިން މީހަކަށް އަނިޔާވެގެން އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އެ މީހުންގެ ހާލަތު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

އެ ލޯންޗް ފުން ކުރުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުން ނިކުމެގެން ކުރަމުން އަންނަ އިރު، ލޯންޗް ބަންޑުން ޖަހާލި ވަގުތު ފަޅަށް ވަތް އުޅަނދަކުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވެއެވެ.
ހިޔާލު

އަހުމަދު

މިވަރުންވެސް ތިޔަރަށުގެ މީހުން ގޮތްދޫނުކޮށް ނެރު ބަދަލުނުކޮށް ދެވަނަފަހަރަށްވެސް ހަމައޮތްތަނުގައި ނެރުބޭއްވުމުން ވާގޮތް މިހާރު އިގޭނެ.. މިރަށުގެ މީހުންބާރުއަޅައިގެން ތޮށިގަޑު އުސްކުރިފަދައިން ނެރުވެސް ބަދަލުކުރެވުނީސް...