Ijuthimaaee tharahggee ah eheevumah Japanun 4.6 million dollar ge ehee eh
image
ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި. ޖަޕާނުގެ ސަފީރު ކީކޯ ޔަނާއީ-- ފޮޓޯ: ފޮރިން މިނިސްޓްރީ/ ޓްވިޓާ
0 ކޮމެންޓް
 

ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމަށް 4.6 މިލިއަން ޑޮލަރުގެ އެހީ ޖަޕާނުން ދީފި

ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޖްތިމާއި ތަރައްގީއަށް އެހީވުމަށް 4.6 މިލިއަން ޑޮލަރުގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަފީރު ކީކޯ ޔަނާއީއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދެ ދުވަހުގެ މުއްދަތަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ޕާޓްނަޝިޕް ފޯރަމްގެ ތެރެއިންނެވެ.

ހަތަރެއް ޕޮއިންޓު ހައެއް މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ޖަޕާނުން ނިންމިއިރު އެގައުމުން ވަނީ މީގެ ކުރިން ވެސް ކުއްލި ޙާލަތްތަކުގައި ބޭނުން ކުރުމަށް އެމްއެންޑީއެފްގެ އުޅަނދުފަހަރު ގަތުމަށްޓަކައި 4.6 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. އެ އެހީގައި އެމްއެންޑީއެފްއަށް ލޭންޑިންގް ކްރާފްޓެއްގެ އިތުރުން އަލިފާން ނިވާ ބޯޓެއް ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ހިއްސާދާރެކެވެ. ޖަޕާނުން މިހާތަނަށް ވެސް ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށާއި ސަލާމަތީ ބާރުތައް ތަމްރީނު ކުރުމާއި ސަލާމަތީ ބާރުތަކަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ވެސް މާލީ ގޮތުން އެތައް އެހީތަކެއް ވަނީ ވެފައެވެ.
ހިޔާލު