Reeko Moosa ge Hotel gai gengulhey van ehgai roakohlaifi
image
ރީކޯ މޫސަގެ "މޯ ހޮޓެލް"ގެ ވޭނުގައި އަލިފާން ރޯކޮށްލާފައި.-- ފޮޓޯ: އެމްއެންޑީއެފް
1 ކޮމެންޓް
 

ރީކޯ މޫސަގެ މޯ ހޮޓެލްގެ ވޭނެއްގައި ރޯކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ކުންފުނިން ލ. ގަމުގައި ހިންގާ "މޯ ހޮޓެލް" ގައި ބޭނުންކުރާ ވޭނެއްގައި މިރޭ އަލިފާން ރޯކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ވޭނުގައި ރޯކޮށްލާފައިވަނީ ގަމުގެ މުކުރިމަގު ހަތްތެޅި ސަރަހައްދުގެ އަތިރިމަތީގައި ޕާކް ކޮށްފަ އޮއްވާ، މިރޭ 21:16 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ އެހާއިރު އެ ސަރަހައްދުގައި އޮތް ވޭނެއްގައި އަލިފާން ރޯވެގެން ރިޕޯޓް ލިބުމުން، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދަށް ގޮސް، 21:45 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ނިންވާލި އިރު އެ ވޭން ވަނީ އެއްކޮށް އަނދާފަ އެވެ. އެމްއެންޑީއެފުން ބުނީ އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
ހިޔާލު

ދިވެހި ދަރިއެއް

ކިތައްމެ ރުޅިއަޔަސް މިކަހަލަ ކަންތައް އެއްވެސް ބަޔަކު ކުރާކަށް ނުވާނެއެއްނު.
ހަމްދަރުދީވަން ހެވީ ލޯޑްއަށް މިހާރު ހެވީ ލޯޑް އަށް ވަމުންދާގޮތުން ވަރަށް ދެރަވޭ. ހިތައްއަރާ އަދިވެސް ހެވީ ލޯޑުގެ މެނޭޖްމެންޓްއަކަށް އެއްޗެއްނުވިސްނޭބާއޭ. މިއަދު ހެވީ ލޯޑްގަ އުޅޭ މުވައްޒަފުންނަށް އެމީހުން ކޮއްފައިވާ މަސައްކަތުގެ އުޖޫރަ ނުދީ އެ އާއިލާތައްކަށް ދެރަހާލުޖައްސާފި. ކޮންމެ ކަމެއްވެސް ބައްލަވާ ފަރާތެއްވާނެކަން ހަދުމަކުރައްވާ!!!