World Cup balan bidheyseennah haassa inthizaamuthakeh hamajahsaifi
image
ބިދޭސީންތަކެއް ވޯލްޑް ކަޕް ބެލުމަށް ކެފޭއެއްގެ ކައިރިއަށް އެއްވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ވޯލްޑް ކަޕް ބަލަން ބިދޭސީންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި އައިސީސީ ވޯލްޑް ކަޕުގެ މެޗުތައް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާފަންނު ސޯޝަލް ސެންޓަރުގައި ވޯލްޑް ކަޕު ބެލޭނެ ގޮތް ހަދައިފި އެވެ.
ވޯލްޑް ކަޕު ފެށި ފަހުން ގިނަ އަދަދެއްގެ ބިދޭސީން މަގުތައް ބަންދުވާނެހެން ފިހާރަތަކާއި ގަރާޖުތައް ފަދަ ތަންތަނުގައި ހުންނަ ޓީވީތަކުން މެޗުތައް ބެލުމަށް އެ ސަރަހައްދުތަކަށް އެއްވެއެވެ. އެހެންވެ މާލޭގެ ކާރޫބާރޫ ބޮޑު މަގުތައް ވަރަށް ބޮޑަށް ތޮއްޖެހެއެވެ.

ބިދޭސީންތަކެއް މެޗު ބަލަން މަގު މަތީގައި ތިބި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ހިއްސާކޮށް އާންމު ރައްޔިތަކު ވަނީ އެމީހުންނަށް މެޗުތައް ބެލުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުގައި އެދިފައެވެ. އަދި އެ ވާހަކަތަކަށް ރައްދު ދެއްވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، ބޮޑު ސްކްރީނެއް ބެހެއްޓުމަށް ބޭނުންވާ ޖާގައާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓަރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ އިންތިޒާމުތައް ހަމަޖެއްސެންދެން ބިދޭސީންނަށް ކްރިކެޓް މެޗުތައް ބެލޭނެ އިންތިޒާމު ސޯޝަލް ސެންޓަރުގައި މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ދެހާސް ސާދަ ވަނަ އަހަރު ނެގުނު ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި އެއްލައްކައާ ގާތް ކުރާ އަދަދަކަށް ބިދޭސީން ދިރިއުޅެމުން ދެއެވެ.
ހިޔާލު

ފައިސާ ފައިސާ

ދެން ހަމަ މީހަކު ޓްވީޓްކުރަންވީ މިހާރު ރާއްޖޭގައި ބަނގުލަދޭޝް މީހުން މާގިނައިން އުޅޭތީ އެމީހުންނަށް ރައްވެހިކަން ހަމަޖައްސަދޭށޭކިޔަފަ. އެހެން ބުނާއިރަށް އެކަންވެސް ކޮށްފާނެތޯއްޗެ.

ވިލާޔަތާއި އަހުލިއްޔަތު

ބިދޭސީންނަށް އިންތިޒާން ތަކެއް ހަމަޖެއްސި އިރު ދިވެހިންނަށް އެއްވެސް އިންތިޒާނެއް ނެތި