Trump 2 vana dhaurakah riyaasee campaign fashaifi
image
2 ކޮމެންޓް
 

ޓްރަމްޕް ދެވަނަ ދައުރަކަށް ރިޔާސީ ކެމްޕޭން ފަށައިފި

އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ރައީސްކަމުގައި ހުންނެވުމަށް ރިޔާސީ ކެމްޕޭން ރަސްމީކޮށް ފައްޓަވައިފި އެވެ.
އަންނަ އަހަރު ބާއްވާ އިންތިހާބަށް ޓްރަމްޕްގެ ކެމްޕޭން ފެށީ ފްލޮރިޑާ ގައި އޮތް ބޮޑު އެއްވުމަކުންނެވެ. ރިޕަބްލިކަން ޕާޓީ އިތުރު ހަތަރު އަހަރަށް ބަހައްޓައި ދިނުމަށް އެދެމުން، ޓްރަމްޕް ވަނީ އިދިކޮޅު ޑިމޮކްރެޓް ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިހާރުގެ ޕޯލުތަކުން ދައްކާ ގޮތުގައި ޓްރަމްޕް އުޅުއްވަނީ ބައެއް ޑިމޮކްރެޓް ކެންޑިޑޭޓުންނަށް ވުރެ ފަހަތުގަ އެވެ.

ޓްރަމްޕްގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް ސްޓޭޖަށް އަރާވަޑައިގެންނެވީ އަނބިކަނބަލުން މެލާނީ އާއެކުއެވެ. ނައިބު ރައީސް މައިކް ޕެންސާއި، ޕްރެސް ސެކެޓްރީ ސޭރާ ސެންޑާޒް ވެސް ވާހަކަދެއްކެވި އެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ފްލޮރިޑާ އިން ޓްރަމްޕަށް ކުރި ލިބުނީ ކިރިޔާ އެވެ.
ހިޔާލު

ތީނަގެ އޭނަ

މީނައަށް 2 ވަނަ ފުރުސަތެއް ނުދެއްވާފާދޭވެ.

އަހުމަދު

ދެވަނަ ދައުރަކަށް މީނަ ހެޔޮވެސް ނުވާނެ
ދުނިޔެ ހަލާކުކޮށްލާނެ މިޔަހޫދީ މީޙާ ގަނޑު..