MDP ge commander maruvehje
image
އެމްޑީޕީގެ ކޮމާންޑަރު--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އެމްޑީޕީގެ "ކޮމާންޑަރު" މަރުވެއްޖެ

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މުޒާހަރާތަކުގެ އެންމެ ކުރީގައި އެޕާޓީގެ ދިދަ ހިފައިގެން ހުންނަ ކޮމާންޑަރު، އާދަމް މޫސާ މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ އިންޑިއާގެ ޓްރިވަންޑްރަމުގައި ހުންނަ ޖީޖީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހެވެ. އޭނާ އަށް ވަނީ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި ވެސް ފަރުވާ ދީފަ އެވެ.

އާދަމް މޫސާ އެމްޑީޕީގެ ހަރަކާތްތަކުން ފެނުނު ގޮތް ތަފާތެވެ. އެގޮތުން އަބަދުވެސް ރީނދޫ ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ތޮއްޕެއް އަޅައިގެން އޭނާ ހުންނައިރު އެ ގަމީހުގެ ކޮނޑުގައި ގިނަ އަދަދެއްގެ ބެޖުތައް ހުރެ އެވެ.

އެމްޑީޕީން އެންމެ ފުރަތަމަ އުފެއްދި މާކަރީ ގޮފީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުރި އާދަމް މޫސާ ވަނީ ސިފައިންގޭގައި މަސައްކަތް ކޮށްފައެވެ. އޭނާ ކޮމާންޑަރުގެ ޔުނީފޯމުގައި މުޒާހަރާތަކަށް ނިކުންނަން ފެށީ 2012 ވަނަ އަހަރުގަ އެވެ.

ކޮމާންޑަރު މަރުވުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވެސް އަންނަނީ ހިތާމަފާޅު ކުރަމުންނެވެ.
މަރު އެމްޑީޕީ
ހިޔާލު

ނާނު

އިންނާލިއްﷲވައިންނާ އިލައި ރާޖިއޫން