Family Court ge Qaazee eh ge mahsala eh JSC ah hushahalhaifi
image
ފެމިލީ ކޯޓު-- ފޮޓޯ: ދަ އިސްލާމް
0 ކޮމެންޓް
 

ފެމިލީ ކޯޓުގެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި ހުޒައިފާގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅީ އެކޯޓުގެ މުވައްޒަފެކެވެ.

ހުޒައިފާގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައި މިވަނީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައެއް ވެސް އެ ކޮމިޝަނުން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލާގައި އިސް ގާޒީ މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުން އަންނައިރު ފަނޑިޔާރު އަބްދުﷲ ދީދީ ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ހިޔާލު