Magistrate Raghibu jinsee furahsaarakuri kamah bunaa mahsala balanee
image
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު.-- ފޮޓޯ: ސަން
2 ކޮމެންޓް
 

މެޖިސްޓްރޭޓް ރާޣިބު ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ބަލަނީ

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދަޅުވީ މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ބަލަން މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ފަސް މެމްބަރުންގެ ކޮމިޓީ އެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް މެޖިސްޓްރޭޓް ރާޣިބާއި ގުޅޭގޮތުން ބަލަމުން ގެންދަނީ ކޮން މައްސަލައެއް ކަމެއް ޒަހީން ހާމައެއް ނުކުރެ އެވެ.

އެކަމަކު "ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އޭނާ އާ ދެކޮޅަށް ކ. ޖުޑީޝަލް ދާއިރާގެ ބައެއް ކޯޓް ތަކުގެ އަންހެން މުވައްޒަފުން ވަނީ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކެއް ހުށަހަޅާފަ އެވެ. އަދި ޖޭއެސްސީން ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގައިގެން ބަލަމުން އަންނަނީ އެ މައްސަލަ ކަން ވެސް ވަނީ އެނގިފަ އެވެ.

މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަނުގެ ހަތަރު މެމްބަރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހިމް، މުހައްމަދު އީސާފުޅު، އިބްރާހިމް ރިފްއަތުގެ އިތުރުން ހިސާން ހުސައިން އެވެ.

އެނގިފައިވާ ގޮތުގައި މެޖިސްޓްރޭޓް ރާޣިބާއި ގުޅިގެން އެފަދަ ދެ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރާނެ އެވެ. އެ މައްސަލަ ތަކަކީ އަންހެން މުވައްޒަފުންނާއި މާ ބޮޑަށް ގައިގޯޅިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަކާއި އަންހެން މުވައްޒަފުންގެ ގައިގައި އަތްލާ ހެދިކަމަށް ބުނާ މައްސަލައެއް ކަމަށް ވެއެވެ.

ޖޭއެސްސީން މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ، ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމައިފި އެވެ. އޭނާ މަގާމުން ވަކިކުރަން ނިންމީ ވެސް ބަދުއަހުލާގީ މައްސަލައެއްގަ އެވެ. އަދި އެއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމި ފުރަތަމަ ނިންމުމެވެ.
ހިޔާލު

ދުންމާރި

ތިޔަ ރާޣިބަކީ ފައްކާ ރޯނު އެދުރެއް އެނގޭ ކަމެއް ނެތް އެކަމަކު ނޭނގޭ ކަމެއްވެސް ނެތް ކުއްލިޔާއިން ޑިގްރީ ހެދި އިރު ފާސްނުވެގެން ތެޅުނު ގޮތް ހިތައްއެރިޔަސް ލަދުން ބޯ ހަލާކުވާވަރުވޭ އެކަމަކު ތިމާއަށްވުރެ އެނގޭ މީހަކު ނެތްކަމަށް ދެއްކުމަށް އުލޭނީ ޖުޑިސަރީގަ މާ ބާރުގަދަ މީހަކަށްވެގަނެގެން އުޅެނީ މިކަހަލަ އެތައް މެޖިސްޓްރޭޓުންނެއް އެބަތިބި މެޖިސްޓްރޭޓުން ނިމިދިޔަ މަޖިލިސް އިންތިޚާބުގަ ފާޅުގަ އެމްޑިޕީއަށް ކެމްޕޭންވެސް ކޮށްދީފަ އެބަހުރި ނިކަން ހިއްވަރެއް ހުރިއްޔާ މިކަހަލަ ހުރިހާ މެޖިސްތްރޭޓުންނާ ހުރިހާ ފަނޑިޔާރޔންނާނ ދޭތެރޭ އިސްސާފުން ފިޔަވޅުއަޅާބަލަ އެކަމަކު މިކަމެއްނުވާނެ ވަކި ފިކުރެއްގެ ބަޔަކަށް ފިޔަވަޅުއަޅާނީ އެމްޑި ޕީ ވެރިކަމުގަ ކުރިންވެސް އެމީހުން ބޭނުންނުވާ މީހުން މަޤާމުތަކުން ވަކި ކުރުމަސް ޖެހި މަޅިޔަކީ ޖިންސ ގޯނާ ގެ މަޅި އަނެއްކާ ތާރީޚް އަނބުރާ އިއާދަކުރަނީ އެންމެ ފަސޭހައިން މީހާގެ އަބުރު ނަގާލައި މީހާ ފަލީހަތްކުރެވޭނީވެސް އެކަހަލަ މަޅިޖަހައިގެން ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ

މާމިގިލީ މީހާ

މާކުރަތު ގާޒީގެ މައްސަލަ ވެސް ބަލާން ޖެހޭ. މި ސަރުކާރު އޮތީ ނުކުޅެދިފަ. ކީވެ އަވަސް ނުވަނީ މިކަހަލަ މައްސަލަތައް. މާކުރަތު ގާޒީ މިހާރުން މިހާރަށް ހައްޔަރު ކުރާންޖެހޭ..