Maafushi Council aai gulhey corruption ge bodu mahsala eh balanee
image
މާފުށި ކައުންސިލް އިދާރާ: އެ މައްސަލަ އޭސީސީން ގެންދަނީ ބަލަމުން.-- ފޮޓޯ: މާފުށި ކައުންސިލް
7 ކޮމެންޓް
 

މާފުށީ ކައުންސިލާ ގުޅޭ ކޮރަޕްޝަނުގެ ބޮޑު މައްސަލައެއް ބަލަނީ

ކ. މާފުށީ ބަނދަރު ސަރަހައްދުގައި އަތުރަން ގާ ގަތުމުގައި، މާލިއްޔަތު ގާނޫނާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެޑްވާންސަށް ބަޔަކަށް 498،200ރ. ދިން މައްސަލައެއް ފެންމަތިވުމުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
"ސީއެންއެމް" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޖެނުއަރީ މަހު އެ ރަށު ކައުންސިލުން އަމިއްލަ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ކުރީ ބިޑް ކުރުމާއި ވެސް ނުލަ އެވެ. އެގޮތުން އެ މަސައްކަތަށް ބިޑަށް ހުޅުވާލި ނަމަވެސް އެ ކުންފުނިން ބިޑުގައި ބައިވެރި ނުވާއިރު، އެ ކުންފުންޏަށް އެ މަސައްކަތް ދިން ގޮތާ މެދު ބޮޑެތި ސުވާލުތައް އުފެދެ އެވެ.

"އަޅުގަނޑު ދިޔައިން އެ ބިޑަށް. އެ ކުންފުންނިން ބިޑަށް އައިސްފައެއް ނުވޭ. އެ މައްސަލަ ފެންމަތިވީމަ ބިޑް ކެންސަލް ކުރާ ވާހަކަ ދެކެވުނު، އެކަމު އެ މީހުންނަށް ލާރި ދިން ކަމަށް މިހާރު އެބަ ބުނޭ،" އެ މަސައްކަތަށް ބިޑް ކުރަން ކައުންސިލަށް ދިޔަ މީހަކު ބުންޏެވެ.

އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލް ރައީސް އުސްމާން ރަޝީދު "ސީއެންއެމް" އަށް ވިދާޅުވީ އެއީ މާލިއްޔަތު ގާނޫނާ ހިލާފަށް ކުރި ކަމެއް ނޫން ކަމަށެވެ. ވަކި ކުންފުންޏަކާ އެކަން ހަވާލު ކުރީ ބިޑް ކުރި 11 ކުންފުނީގެ އަގު ބޮޑުވުމުން ވަކިން އެކަމަށް ކޯޓޭޝަނެއް ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މާލީ ގާނޫނުގެ ދަށުން 25،000ރ. އަށް ވުރެ ބޮޑެތި މަސައްކަތްތަކެއް އެހެން ހަވާލެއް ނުކުރެވޭނެ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލު ކުރީ ގަލެއް 4.70ރ.ގެ މަގުންނެވެ. ނަމަވެސް މާކެޓުގައި އޭގެ އަގު އުޅެނީ 9-14ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ގާ ޑެލިވަރީ ކޮށްދިނުމުގެ ކުރިން އެޑްވާންސްކޮށް އެ މަސައްކަތުގެ އަގު ކައުންސިލުން އެ ކުންފުންޏަށް ދައްކާފައިވަނީ ޖެނުއަރީ 30 ވަނަ ދުވަހެވެ. އެކަމަކު މާލިއްޔަތު ގާނޫނު ބުނާ ގޮތުން އެޑްވާންސަށް ދެއްކޭނީ އެންމެ ބޮޑުވެގެން 15 ޕަސެންޓެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލަމުން އަންނަ އިރު، މިހާތަނަށް އެ ކައުންސިލަށް އެ ކުންފުނިން އެންމެ ގަލެއް ވެސް ސަޕްލައި ކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުން ގާ ނުލިބި ދިގުލައިގެން ގޮސްފައިވާއިރު އެ މައްސަލަ އޭސީސީން ބަލަން ފެށުމާއި އަދި އެ ރަށުގެ އާންމުންގެ ބަޔަކު އެ މައްސަލަ ޕޮލިހަށް ހުށަހަޅަން އުޅޭކަން އެނގުމުން، ކައުންސިލުން އިސްވެ އިއްޔެ ވަނީ އެ މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން އެ ރަށު ކައުންސިލަށް ޕިކަޕެއް ގަތުމަށް ބަޔަކަށް 15 ޕަސެންޓްގެ އެޑްވާންސް ދިން ނަމަވެސް، އެ ޕިކަޕް ނުލިބި އެކަން ވެސް ދިގުލައިގެން ގޮސްފައިވާ ކަމަށް ވެއެވެ.
ހިޔާލު

އަޒީމް

ކޮރަޕްސަނުގެ މައްސަލައެއްވިއްޔާ ދޫކޮއްނުލާތި، މޑޕ ކައުންސިލަރަކަށް ވުމަކީ ވައްކަން ކުރުމުގެ ހުއްދައެއްނޫން.
އެހެން އުޅޭނީ މޑޕ ގެއަގުވައްޓާލަން އުޅޭ މީހުން.

ޚަބަރު

ތިޔަ ބުނާ ވާހަކަތަށް ވަރުލާފަ ދައްކަމުން ދުވާ މުހަންމަދު މުސްތަފާ، ވިވިޑް/ކ. މާފުއްޓަކީ ކުރީގެ ކަައުންސިލް ދައުރުގައިވެސް އެތަކެއް ޖަރީމާއެއް ހިންގައި، ލާރި އާއިގެން ބޫތު ކެއުމުގެ ސަބަބުން އެތަކެއް ބަޔަކަށް ޒާތީވެފައިވާ މިހެއް، މިގޮތުން މާފުށީގެ ގިނަ ހޮޓާ ތަކެއް (ކާނި ހޮޓަލްސް) ހިންގަމުންދާ ފަރާތެއް ކައިރިންވެސް މީނާގެ އަމިއްލަ ބޭނުމަކަށް ބައިވަރު ލާރި ދޭން ބުނުމުން ނުދިނުމުން މިފަހަރުގެ އިންތިހާބުގައިވެސް އެތަކެއް ހުރަހެއް އަޅާ ޖެއްސުންކޮށް އިދިކޮޅަށް ނުކުމެ އެތަކެއް ފިތުނަ ފަސާދައެއް އުފައްދާފައިވޭ

ދިޔާނާ

ކަމެއްވާނެބާ މޑޕ ކައުންސިލަރެއް އުސްމާނަކީ

ގަމާރު

ހިފާހައްޔަރު ކުރޭ! ޢިސްތިއުފާ، އިސްތިއުފާ

މާލީވެރިޔާ

މާލިއްޔަތު ގާނޫނުނޭގެތްޏާ އަވަހަށް ރައިސް އިސްތިއުފާ ދީފަ ސަފާރީގަ އޮވޭ ނިދަން. ތިއޮތީކައުންސިލް ހިންގިފަ، ދެން ލަލަލާ

ރުފިޔާހިތިރައީސް

އީދެއްފާހަގަކުރިޔަސް ކާލަނީ، ބިމެއްފެނުނަސް ކާލަނީ، ބޭރުމީހަކު ދިމާވިޔަސް ކާލަނީ، ގެސްޓްހައުސްއެއް ފެނުނަސްކާލަނީ، ތިޖޫރިއެއް ފެނުނަސް ކާލަނީ، ސަފާރީއެއްފެނުނަސް ބޯލަނީ، މަގެއްފެނުނަސް ކާލަނީ، ކާލަނީ ކާލަނީ ބަޑުފުރޭނީ ކޮންދުވަހަކުންބާއޭ ހިތަންއަރާ. ސަހަރޯ މީވާރަށެއް.

ާއަތުރާ އަތުރާ ނުނިމުނުގާ

މިފަދަ އެތައްކަމެއް މިހާރު ތިކައުންސިލްގަ ކޮށްފަ ހުންނާނެ ތަހުގީގީ އިދާރާތަކަށް ގޮވާލަން މާފުށީ ކައުންސިލް އަލިފުން ޔާޔަށް ތަހުގީގު ކުރުމަށް.