Aamir Khan Bodu ge eh ganefi
image
އާމިރު ހާން--
0 ކޮމެންޓް
 

އާމިރު ހާން ބޮޑު ގެއެއް ގަނެފި

ބޮލީވުޑުގެ ކުޅަދާނަ ތަރި އާމިރު ހާން، އިންޑިއާގެ މުމްބާއީ އިން ބޮޑު ގެއެއް ގަނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާމިރު އެ ގެ ގަނެފައި ވަނީ 35 ކްރޯޑު ރުޕީސް އަށެވެ. ޕްރައިމް ޕްލާޒާ ކިޔާ އިމާރާތެއްގެ ބައެއް ފްލޯތައް އާމިރު ގެނެފައި ވަނީ އޮފީސް ބޭނުމެއް ކުރުމަށް ކަމަށް ވެއެވެ.

އާމިރު ހާނުގެ ޕްރޮޑަކްޝަން ހައުސްގެ ނަމުގައި އެތަން ނަގާފައިވާއިރު ކޮންޓްރެކްޓުގައި ސޮއި ކޮށްފައި ވަނީ އާމިރުގެ މަންމަ، ޒީނަތު ތޯހިރު ހުސެއިން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ބޮޑު އަގެއްގައި އާމިރު ގަތް އެ އެތަނާއި ގުޅޭ ގޮތުން މިހާތަނަށް އާމިރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިހާރު ވެސް އާމިރު އޭނާގެ އާއިލާއާއެކު ދިރިއުޅެމުން އަންނަނީ މުމްބާއީ ގައެވެ. "ފްރީދާ އެޕާޓްމަންޓްސް" ނަމަކަށް ކިޔާ އެ ތަނުގައި އޭނާ ދިރިއުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

އުމުރުން 54 އަހަރުގެ އާމިރު އެންމެ ފަހުން މަސައްކަތް ކުރީ، "ތަގްސް އޮފް ހިންދުސްތާން" ގައެވެ. ބޮކްސް އޮފީހުގައި ވިދާލި ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރި އާމިރުގެ ކުރިއަށް އޮތް މަސައްކަތަކީ "ލާލް ސިންގް ޗައްދާ" އެވެ. އެފިލްމަކީ ހޮލީވުޑުގެ ފިލްމު "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރިމޭކެކެވެ.
ހިޔާލު