Director Farhad aaeku masaikaiy kuran Vicky thahyaaru vanee
image
ފަރްހާދު އާއި ވިކީ--
0 ކޮމެންޓް
 

ޑައިރެކްޓަރު ފަރްހާދާއެކު މަސައްކަތް ކުރަން ވިކީ ތައްޔާރުވަނީ

ކާމިޔާބު ފިލްމު "ހައުސްފުލް" ގެ ޑައިރެކްޓަރެއް ކަމަށްވާ ފަރްހާދު ސަމްޖީއާއެކު އަރަމުން އަންނަ ބޮލީވުޑުގެ ޒުވާން ތަރި، ވިކީ ކައުޝަލް މަސައްކަތް ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.
"ލޭންޑް އޮފް ލުންގީ" ނަމަކަށް ކިޔާ ފިލްމެއްގައި ފަރްހާދާއެކު ވިކީ މަސައްކަތް ކުރާ ކަމަށް މީގެ ކުރިން ވެސް އަޑުތައް ފެތުރު ނަމަވެސް އެ އަޑުތައް ގަދަވެފައި މިވަނީ ދާދި ފަހުން ފަރްހާދް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.

އެގޮތުން ވިކީއާއެކު މަސައްކަތްކުރަން ލިބިއްޖެނަމަ އެކަން ކުރާނެތޯ ސުވާލުކުރުމުން އޭނާ ވަނީ ވިކީއާއެކު މަސައްކަތް ކުރަން ބޭނުން ނުވާނީ ކާކުތޯ ސުވާލު އުފައްދާފަ އެވެ. އަދި ވިކީގެ ބައްޕައާއެކު ވެސް މަސައްކަތް ކޮށްފައިވާނެކަން ފާހަގަކޮށް ފަރްހާދު ބުނީ، ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެނަމަ އެމީހުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ފަރްހާދު މިވަގުތު އަންނަނީ އެފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންނެވެ. އެ ހުރިހާ މައޫލާމާތެއް މީޑިއާއާ ހިއްސާކުރެވޭނީ ހައުސްފުލް ފިލްމު ޝޫޓުކޮށް ނިމުމުން ކަމަށް އޭނާ ބުނެ އެވެ. އަދި ކުރިއަށް އޮތް ފިލްމު "ލޭންޑް އޮފް ލުންގީ" ޑައިރެކްޓް ކުރާނީ އޭނާތޯ ނުވަތަ ނޫންތޯ ވެސް އަދި ނުނިންމާ ކަމަށް ފަރުހާދު ބުނެ އެވެ.

ގިނަ ބައެއްގެ ސަމާލުކަން ވިކީ ދަމައިގަތީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ" ގައި މަސައްކަތް ކޮށްގެންނެވެ. އެއަށްފަހު ކާމިޔާބު ފިލްމު ސަންޖޫގައި ވެސް އޭނާ މަސައްކަތް ކުރިއިރު މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި ވެސް އޭނާ މަސައްކަތް ކުރިއެވެ. މިހާރު އޭނާ އަންނަނީ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ތަހުތު" ގައި މަސައްކަތް ކުރަމުންނެވެ.
ހިޔާލު