Ek Bhram Sarvagun Sampanna show inn Tanvi vakivejje
image
ތަންވީ---
0 ކޮމެންޓް
 

"އެކް ބްރަމް ސަރްވަގުން ސަމްޕަންނަ" ޝޯއިން ތަންވީ ވަކިވެއްޖެ

ސްޓާ ޕްލަސް އިން މިއަހަރު ފެށި ޝޯއެއް ކަމަށްވާ "އެކް ބްރަމް ސަރްވަގުން ސަމްޕަންނަ" އިން ކާވްޔާގެ ރޯލުން ފެނިގެންދާ ތަންވީ ދޯގްރާ އެޝޯ އިން ވަކިވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ތަންވީ އެޝޯ އިން ވަކިވެފައި ވަނީ އެޝޯ އިން ލިބެންވާ ވަރަށް ތަރުހީބު ނުލިބުމާ ގުޅިގެން ޝޯގެ ސްޓޯރީ ލައިނަށް ބަދަލު ގެންނަން މަޖުބޫރު ވުމުންނެވެ. އަދި އެ ނިންމުމާ ގުޅިގެން ކާވްޔާގެ ކެރެކްޓާ ދުއްވާލުމަށް މަޖުބޫރުވީ ކަމަށް ވެސް ނޫސްތަކުން ވަނީ ވަނީ ބުނެފަ އެވެ.

ތަންވީ އެހަބަރު ތެދުކޮށްދީފައިވާއިރު ތަންވީ ބުނީ އެޝޯ އިން އޭނާ ދެން ނުފެންނާނެ ކަމަށެވެ. އަދި އެއީ ޗެނަލްގެ ނިންމުމެއް ކަމަށާއި އެނިންމުމަށް އިހުތިރާމު ކުރާ ކަމަށް ވެސް ތަންވީ ވަނީ ބުނެފަ އެވެ.

މިއަހަރު އެޕްރީލް މަހުގެ 22 ވަނަ ދުވަހު ފެށުނު އެޝޯގެ 40 އެޕިސޯޑު މިހާރު ވަނީ ދައްކާފަ އެވެ.
ހިޔާލު