Imaaraathehge mathin anehkaa ves dhoreh vehtihje
image
އިއްޔެ އިމާރާތަކުން ދޮރެއް މަގުމައްޗަށް ވެއްޓިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

އިމާރާތެއްގެ މަތިން އަނެއްކާވެސް ދޮރެއް ވެއްޓިއްޖެ

މާލޭގެ އިމާރާތަކުން މަގު މައްޗަށް އަނެއްކާ ވެސް ދޮރެއް ވެއްޓިއްޖެ އެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ދޮރެއް ވެއްޓުނީ ޝަހީދު އަލީ މިސްކިތް ކައިރީ ހުންނަ ގެއަކުން ކަމަށް ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ، އިއްޔެ ހަވީރު 4:35 ގައި ޝަހީދު އަލީ މިސްކިތް ކައިރީގައި ހުންނަ ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ފެން ލައިޓުން ދޮރެއް ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފަހަކަށް އައިސް މާލޭގެ އިމާރާތްތަކުން މަގު މައްޗަށް ކުޑަ ދޮރާއި އަދި އެހެނިހެން ތަކެތި ވެއްޓުން ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ ބައެއް ހާދިސާތަކުގައި މީހުންނަށާއި ބައެއް ތަކެއްޗަށް ވެސް ގެއްލުންވެފައި ވެއެވެ.
މަގުތައް ފުލުހުން
ހިޔާލު