Ooredoo Color Run ge T-shirt, Minister Ameen ah Hadhiyaa Koffi
image
މިނިސްޓަރަށް އުރީދޫ ކަލާރަންގެ ޓީޝާޓު ހަވާލުކުރައްވަނީ---ފޮޓޯ:ހެލްތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އުރީދޫ ކަލާ ރަންގެ ޓީޝާޓް، މިނިސްޓަރު އަމީން އަށް ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަަމަޖެހިފައިވާ ކަލަ ރަންގެ ޓީޝާޓް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަށް ހަދިޔާ ކޮށްފިއެވެ.
އައްޑޫ ސިޓީގައި މިމަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލާ ރަންގައި މިނިސްޓަރު ބައިވެރިވެލައްވާނެ ކަމަށް އުންމީދު ކުރާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫ ކަލާ ރަން ގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެއެވެ. ފަސް ކިލޯމީޓަރަށް ދުވުމަށް ހަމަޖެހިފައިވާ އެ ދުވުމުގައި ތަފާތު ހަރަކާތްތައް ހިމެނޭ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ވަރަށް ކުލަގަދަކޮށް އެކަން ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވައި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާލު