Male gai Night Market thah Beyhveyne Vaki Dhuvasthakeh Kanda Alhaifi
image
ކުރިން މާލޭގައި ބޭއްވި މަގުމަތީ ބާޒާރެއްގެ ތެރެެއިން-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

މާލެގައި ނައިޓް މާކެޓްތައް ބޭއްވޭނެ ވަކި ދުވަސްތަކެއް ކަނޑައަޅައިފި

މާލޭ ސިޓީގައި ނައިޓް މާކެޓު ބޭއްވޭނީ ވަކި ދުވަސްތަކެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭ ސިޓީގައި ނައިޓް މާކެޓު ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމަށް ހުއްދަ ދޫކުރެވޭނީ އީދު ދުވަހާއި ރާއްޖެއިސްލާމްވީ ދުވަސް އަދި ކީރިތި ރަސޫލާގެ އީދު މީލާ ދުވަހާއި މިނިވަން ދުވަހާއި ގައުމީ ދުވަހުގެ އިތުރުން ޖުމްހޫރީ ދުވަހާއި މީލާދީ އާ އަހަރު ފެށޭ ދުވަސް އަދި ހިޖްރީ އާ އަހަރު ފެށޭ ދުވަހުގެ އިތުރުން މަސައްކަތްތެރިންގެ ދުވަހާއި ނަސްރުގެ ދުވަސް އަދި ޝައުބާން މަހުގައި ކަމަށެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލުން ބުނީ، ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ނައިޓް މާކެޓު ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭ ކަމަށާއި އަދި އެ ފޯމު ސިޓީ ކައުންސިލުން ލިބޭނެ ކަމަށެވެ.

ނައިޓް މާކެޓު މާލޭގައި ބޭއްވޭނެ ވަކި ދުވަސްތަކެއް ސިޓީ ކައުންސިލުން ކަނޑައެޅިއިރު އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ނައިޓްމާކެޓު ބޭއްވުމަށް ދޫކުރާ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ވެސް ގެޒެޓްކޮށްފައެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، މަގުމަތީ ބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދަލެވެ.
ހިޔާލު