15 ambulance supply kohdheyne faraatheh hoadhanee
image
މީގެ ކުރިން ރާއްޖެ ގެނައި ހަތަރު އެމްބިއުލާންސް---ފޮޓޯ:ޓްވިޓާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

15 އެމްބިއުލާންސް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ހެލްތްގެ އެދިލެއްވުމުގެ މަތިން، 15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްތްރީން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި އަދި އެފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 (އެއްހާސްފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހު ނުވަ އަކަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:00 އަށް އެ ފިނޭންސް މިނިސްޓްރީ އިންނެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/50,000 ރ (ފަންސާސް ހާސް ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ޔޫ.އެސް.ޑޮލަރުން) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮތީ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާކުރާ މާލަމުގައެވެ.
ހިޔާލު