Family Court ge Legal Officer Ali Saeed magaamun vakikuree Jinsee Furahsaarakurikan Saabithuvumun: Family Court
image
ފެމިލީ ކޯޓު-- ފޮޓޯ: ދަ އިސްލާމް
2 ކޮމެންޓް
 

ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން

ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަލީ ސައީދު މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެގެން ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ ޖޫން މަހުގެ 18 ގައި އަލީ ސައީދު ވަޒީފާ އިން ވަކިކުރީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 213 ވަނަ މާއްދާގެ 5 ވަނަ ނަންބަރަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ނޫސް ބަޔާނުގައި ބުނީ، ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައި ވާތީ މިއަހަރުގެ މޭ މަހުގެ ދެ ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް (ޑީޖޭއޭ) ފޮނުވާފައިވާ ކަމަށެވެ.

އޭނާ އަލީ ސައީދު ވަޒީފާ އިން ވަކިކުރީ އެމައްސަލަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތަހްގީގު ކުރުމަށް ފަހު، އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް މައްސަލަ ބެލި ކޮމިޓީ އިން މިމަހުގެ 13 ގައި ނިންމާފައި ވާތީ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.

އޭގެ އިތުރުން ނޫސް ބަޔާނުގައި ވަނީ އޭނާ މަގާމުން ވަކިކުރީ އޭނާ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ ޝަކުވާއެއް ނުވަތަ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ.
ހިޔާލު

ލަދު

ނެޗްރަލް ޖަސްޓިސް ޤާއިމު ކުރަން ގޮވާލާތަނުން މުވައްޒަފުންނާއި މެދުގައި އަމަލު ކުރަނީ އެބުނާ ނެޗްރަލް ޖަސްޓިސް ނެތި ނުންތޯ ؟

ކާލި

ކަމެއް ސާބިތުވާނީ ތަހުޤީގެއް ހިންގާ އެކަމެއް ބަލާއިގެން ނުންތޯ ؟