Magusadhakee himaayah kurevey thanthanun manfaa libeygoi hamajehsun
image
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

"މަގުސަދަކީ ހިމާޔަތް ކުރެވޭ ތަންތަނުން މަންފާ ލިބޭގޮތް ހަމަޖެއްސުން"

މަގުސަދަކީ ހިމާޔަތް ކުރެވޭ ތަންތަން ރައްކާތެރި ކުރުމާއި މަންފާ ލިބޭގޮތް ހަމަޖެއްސުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
އެންވާރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް މިނިސްޓްރީން ހިމާޔަތް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެތަންތަން ހިމާޔަތް ކުރުމަށްފަހު ވަކި ވަކި މެނޭޖުމަންޓް ޕްލޭންތައް ހަދަން ބޭނުން ވާނަމަ އެ މެނޭޖުމަންޓް ޕްލޭންތައް ހަދާ އިއުލާންކޮށް އެކަން ކުރެވޭނެ ކަމަށެވެ.

އޭގެ ބޭނުމަކީ ހިމާޔަތް ކުރެވޭ ތަންތަނަކީ ހަމައެކަނި ހިމާޔަތް ކުރެވިފައި އޮންނަ ތަންތަނަށް ވުމުގެ ބަދަލުގައި، އެ ތަންތަނަށް ބޭނުންވާ ރައްކާތެރިކަމާ ހިމާޔަތްދީ އަދި އެ ތަންތަނުގެ ބޭނުން ދިވެހި ރައްޔިތުންނަށް ވެސް ކުރެވޭ މަންފާ ލިބޭ ތަންތަން ކަމުގައި ހަމަޖެއްސުން ކަމަށެވެ.

އެގޮތުން އެތަންތަނުން އާމްދަނީ ލިބޭނެ އެހެން މަސައްކަތްތައް ވެސް އެތަންތަނުގައި ގާއިމް ކުރެވި އެއީ ރައްޔިތުންނަށް އާމްދަނީ އާއި ވަޒީފާ ލިބޭނެ ތަނެއް ގޮތުގައި ހެދުން ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހިމާޔަތް ކުރުމަށް ކަނޑައަޅާފައިވާ 11 ސަރަހައްދަކީ:
- ހއ. ގައްލަންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (252 ހެކްޓަރ)
- ހއ. ބިލެތްދޫ ތިލަ ސަރަހައްދު (4354 ހެކްޓަރ)
- ހއ. ކެލާ ކަނޑޫފާ ސަރަހައްދު (112 ހެކްޓަރ)
- ހދ. ފިނޭ ތިލަ (97.9 ހެކްޓަރ)
- އިންނަފުށި ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (1366 ހެކްޓަރ)
- ނ. ބޮލިއްސަފަރު ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (954 ހެކްޓަރ)
- ށ. ނާލާހުރާ ފިނޮޅާއި، ފަޅުގެ ސަރަޙައްދު (159 ހެކްޓަރ)
- ނ. ފޮއްދިއްޕަރު ފިނޮޅާއި، ފަޅުގެ ސަރަޙައްދު (322 ހެކްޓަރ)
- ނ. ކެނދިކުޅުދޫ ކުޅި (512 ހެކްޓަރ)
- ނ. އޮރިމަސް ތިލަ (46.3 ހެކްޓަރ)
- ނ. ބޮޑުޅައިމެންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (321 ހެކްޓަރ)

އެ 11 ސަރަހައްދާއެކު ބޮޑު ތިލަދުންމަތީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ އަދަދަކީ ޖުމްލަ 15 ސަރަހައްދެވެ.
ހިޔާލު