Kulhunu baeh film thakuge thereygai balaigen vaguthu beykaaru kuran beynun nuvaa film eba huri: Shahid Kapoor
image
ޝާހިދު ކަޕޫރު--
0 ކޮމެންޓް
 

ކުޅުނު ފިލްމުތަކުގެ ތެރޭގައި ބަލައިގެން ވަގުތު ބޭކާރުކުރަން ބޭނުންވާ ނުވާ ފިލްމު އެބަހުރި

އަމިއްލައަށް ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި ބަލައިގެން ވަގުތު ބޭކާރުކުރަން ބޭނުން ނުވާ ފިލްމުތައް ވެސް ހިމެނޭ ކަމަށް ބޮލީވުޑުގެ ތަރި، ޝާހިދު ކަޕޫރު ބުނެފިއެވެ.
ހިންދީ ސިނަމާއަށް ހިތް ޖެހުނީ ގުރޫ ދަތުގެ "ޕިޔާސާ" އާއި "ސާހިބު" ފަދަ ފިލްމުތައް ބަލައިގެންކަން ފާހަގަކޮށް ޝާހިދު އިންޑިއާގެ ނޫހަކަށް ވަނީ އޭނާ ބަލާ ހިތްވާ ފަދަ ފިލްމުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ކުރިން ފިލްމެއް ބެލުމުގައި މާ ގިނަ ކަންކަމަށް ނުބަލާ ކަމަށާއި އެކަމަކު މިހާރު އެކަން މުޅިން ބަދަލުވެފައިވާ ކަމަށް ޝާހިދު ބުނެއެވެ.

މިހާރު ފިލްމެއް ބެލުމުގެ ކުރިން ވަރަށް ގިނަ ކަންކަމަށް ބަލާ ކަމަށް ޝާހިދު ބުނި ނަމަވެސް އެއީ އެވާހަކަތައް އޭނާ ހިއްސާއެއް ނުކުރެއެވެ.

ޝާހިދު ބުނީ، އޭނާ އަމިއްލައަށް ކުޅެފައިވާ ބައެއް ފިލްމުތައް ވެސް އޭނާ ބަލަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ފިލްމެއް ބެލުމަށް ފަހު އެއީ ސިނަމާއަކަށް ގޮސްގެން ބަލާވަރުގެ ފިލްމެއް ނޫންކަން އޭނާއަށް އެނގޭ ކަމަށް ވެސް ޝާހިދު ބުނެއެވެ.

އޭގެ އިތުރުން ވެސް ޝާހިދު ބުނީ އޭނާއަށް އެންމެ ކަމުދަނީ އަށްޑިހައިގެ އަހަރުތަކުގައި ނެރުނު ފިލްމު، "ޖާނޭ ބީ ދޯ ޔާރޯ" ކަމަށެވެ.
ހިޔާލު