O level fenvaraa eku 20000 rufiyaage musaara dheyn kuri iulaan baathil kohfi
image
ހެލްތު މިނިސްޓްރީ-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އޯ ލެވެލް ފެންވަރާ އެކު ބޮޑު މުސާރައެއް ދޭން ކުރި އިއުލާނު ބާތިލުކޮށްފި

ހެލްތު މިނިސްޓްރީ އަށް ކޮމިއުނިކޭޝަން ޑައިރެކްޓަރަކު ހޯދަން އޯލެވެލް ފެންވަރާއެކު 20،000 ރުފިޔާގެ މުސާރައެއް ދޭން ކަނޑައަޅާ ކުރި އިއުލާނަށް ފާޑުކިޔަމުން ދަނިކޮށް އެ އިއުލާނު ބާތިލުކޮށްފި އެވެ.
އެ އިއުލާނުގައި ވަނީ ކޮމިއުނިކޭޝަން ޑައިރެކްޓަރަށް މަހަކު 20،000 ރުފިޔާ ލިބޭނެ ކަމަށާއި މަސައްކަތް ކުރަން ޖެހޭނީ ހެނދުނުނ 8:00 އިން 14:00 އަށް ކަމަށެވެ. އަދި މަގާމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޯ ލެވެލް ފެންވަރާއެކު މީޑިއާގައި މަސައްކަތް ކުރާތާ މަދުވެގެން ތިން އަހަރުވެފައި ވުމެވެ.

އެހެންވެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑު ކިޔަމުން ބުނީ، އެއީ މީޑިއާގެ ދާއިރާ އިން ކިޔަވާފައި ތިބި ކުދިންނަށް ކޮށްފައިވާ މަލާމާތެއް ކަމަށެވެ. އަދި 20000 ރުފިޔާގެ މުސާރައެއް މާސްޓާސް ނިންމާފައި ތިބި ގިނަ މީހުންނަށް ވެސް ނުލިބޭ ކަމަށާއި އެހެންކަމުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ އެއީ ސިޔާސީ މަގާމެއް ކަމަށާއި އެހެންކަމުން އެއީ އިއުލާނެއް ކުރި ކަމަށް ބުނަންވެގެން ކުރި އިއުލާނެއް ކަމަށާއި މިހާރު އެ މަގާމު ދޭންޖެހޭ މީހާ އޮންނާނީ ކަނޑައަޅާފައި ކަމަށް ބުނެ ވެސް ފާޑުކިޔުންތައް ކުރިމަތިކޮށްފަ އެވެ.

ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިއަދު ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ އެއީ އިދާރީ މައްސަލައެއްގެ ސަބަބުން އެރި އޮޅުމެއް ކަމަށް ބުނެ އިއުލާނު ބާތިލުކޮށްފައެވެ.


އިއުލާނު ބާތިލުކުރިއިރު، އެމައްސަލަ ބެލުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ސަރުކާރުގެ ބައެއް އިދާރާތަކާއި ފުލުހުން ޓެގްކޮށް ސޯޝަލް މީޑިއާގައި އެދިފަ އެވެ.
ހެލްތު މިނިސްޓްރީ
ހިޔާލު

ޙުސެއިން ފިކުރީ

http://www.gazette.gov.mv/iulaan/view/104233
މިވެސް ހަމަތިކަހަލަ އިއުލާނެއް. ނަމަވެސް ވަޒީފާ ދީފި.