Aharee fee nudhahkaathee 523 kunfuni uvaalanee
image
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޖިސްޓްރާ އިފް ކޮމްޕެނީސް (މ).-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

އަހަރީ ފީ ނުދައްކާތީ 523 ކުންފުންޏެއް އުވާލަނީ

އަހަރީ ފީ ނުދައްކާތީވެ 523 ކުންފުންޏެއް އުވާލަން ނިންމައި، އިކޮނޮމިކް މިނިސްޓްރީން އެކަން އިއުލާނު ކޮށްފި އެވެ.
އެ އިއުލާނުގައި ވަނީ، އުވާލަން ނިންމާފައިވާ ކުންފުންޏެއް ހިންގަން ބޭނުންވާ ނަމަ ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތައް އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކުންފުނިތައް އަލުން ހިންގަން ބޭނުންވާނަމަ އެކަމަށް ބޭނުންވާ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު ލިޔެކިޔުންތަކާއި އެކު، ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާކަން އަންގައިދޭ ބޯޑް ރިޒޮލިއުޝަނެއް އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން އުވާލަން އިއުލާނުކޮށްފައިވާ ކުންފުންޏަކާއި ގުޅޭ ދަރަންޏެއް ނުވަތަ ދައުވާ އެއް އޮތްނަމަ އެކަން ވެސް އެ މުއްދަތުގެ ކުރިން އިކޮނޮމިކް މިނިސްޓްރީ އަށް އެންގުމަށް އެ އިއުލާނުގައި ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ އުވާލަންޖެހޭ 7،000 އަށް ވުރެ ގިނ ކުންފުނި އެބަހުރި ކަމަށް ބުނެފަ އެވެ.
ހިޔާލު