Ranboli Mahaasamaa: ''thafaathu'' night market eh, stall dhookuran fashaifi!
image
ރަންބޮލި މަހާސަމާ ނައިޓް މާކެޓް އޮންނާނީ ޖުލައި 19-25 އަށް.
0 ކޮމެންޓް
 

ރަންބޮލި މަހާސަމާ: "ތަފާތު" ނައިޓް މާކެޓެއް، ސްޓޯލް ދޫކުރަން ފަށައިފި!

ރަންބޮލި މަހާސަމާގެ ފަރާތުން ޖުލައި 26 އާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓްގެ ސްޓޯލް ދޫކުރަން ފަށައިފި އެވެ.
ރަންބޮލި މަހާސަމާ ނައިޓް މާކެޓަކީ ރާއްޖޭގައި ބާއްވާ ނައިޓް މާކެޓް ތަކާ "ތަފާތު" ކޮށް ހުރިހާ ކަމެއް ވެސް އިންތިޒާމުކުރެވިގެންދާނެ ނައިޓް މާކެޓެކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ޖުލައި 26 އާ ދިމާކޮށް ނައިޓް މާކެޓް ބޭއްވުމުގެ މަޤްސަދަކީ މުޅި ޤައުމު އެދުވަހަކަށް ތައްޔާރުވާ ބޮޑު ދުވަހަކަށް އާންމުންނަށް ފަސޭހައިން އެއްތާކުން ތަފާތު ބާވަތްތަކުގެ މުދާ ފޯރުކޮށްދިނުން،" އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި، ޖުލައި 19-25 އަށް ބާއްވާ ނައިޓް މާކެޓް ހުޅުވިފައި ހުންނީ 19 ޖުލައި ވަނަ ދުވަހުގެ ރޭ 20:00 އިން 23:00 އަށެވެ. އަދި 20-25 ޖުލައި އަށް ކޮންމެ ދުވަހެއްގެ 16:00 ރޭގަނޑު 23:00 އަށެވެ.

ޕްރައިމް އަދި ސްޓޭންޑާޑް ސްޓޯލްގެ އިތުރުން ދެ ކެންޓީން ހިމެނޭ ރަންބޮލި މަހާސަމާ ނައިޓް މާކެޓްގެ ސްޓޯލް ދޫކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވި ނަމަވެސް، ސްޓޯލްތައް ނަގާ ވިޔަފާރިވެރިންނާއި ސްޓޯލް ނަގާ ފަރާތްތަކުންނާއި އަދި އާންމުންގެ ފަރާތުން ދެމުން ގެންދާ އެއްބާރުލުން އެ ކުންފުނިން ޝުކުރު އަދާކުރެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ތަފާތު ނައިޓް މާކެޓަށް ވާނެ ކަމަށް އެ ކުންފުނިން ބުނާ މާކެޓްގެ ސްޓޯލްތަކަށް މިހާރު ވެސް ބޮޑު ޑިމާންޑެއް އޮތް އިރު، އެ މާކެޓުން ސްޓޯލް ނަގަން ބޭނުންވާ ބޭފުޅުން އެ ކުންފުންޏަށް ގުޅުމަށް މަހާސަމާ އިން އެދެ އެވެ.
ހިޔާލު