Hina ah kamudhanee Komolika ah vure Akshara!
image
ކޮމޮލިކާ އާއި އަކްޝަރާ---
0 ކޮމެންޓް
 

ހީނާ އަށް ކަމުދަނީ ކޮމޮލިކާ އަށް ވުރެ އަކްޝަރާ!

މަޝްހޫރު ޓީވީ އެކްޓަރެސް ހީނާ ހާން އަށް ބޮޑަށް ކަމުދަނީ އޭނާ ކުޅުނު ކެރެކްޓަރުންގެ ތެރެއިން ކޮމޮލިކާ އަށްވުރެ އަކްޝަރާ ގެ ރޯލު ކަމަށް ހީނާ ބުނެފި އެވެ.
ހީނާ އެހެން ބުނެފައި ވަނީ ޓުވިޓާ އިން މީހަކު އޭނާއަށް އަމާޒުކުރި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން އެމީހާ ވަނީ ހީނާ ގާތު ކޮމޮލިކާ އަދި އަކްޝަރާ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ ކޮން ކެރެކްޓަރެއްތޯ ސުވާލުކޮށްފަ އެވެ.


އެ ސުވާލަށް ޖަވާބުދެމުން ހީނާ ބުނީ އަކްޝަރާ އެއީ އޭނާ އަށް އަބަދުވެސް އެންމެ ކަމުދާ ކެރެކްޓަރު ކަމަށެވެ. މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ ގައި ލީޑު ރޯލުން ހީނާ ފެނިގެންދިޔަ އެ ޑްރާމާ ގައި އޭނާ ފެނިގެން ދިޔައީ ވަރަށް ގެވެހި އަނބިމީހެއްގެ ރޯލުންނެވެ. ހީނާ ވަނީ ހަތް އަހަރު ވަންދެން އަކްޝަރާގެ ރޯލުން ފެނިގެން ގޮސްފަ އެވެ.

ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުން ހީނާ ފެނިގެން ދިޔައިރު އެ ޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ހީނާ ހުރީ އެ ޝޯއަށް އަލުން ނިކުންނަށް ތައްޔާރު ވެގެންނެވެ. ނަމަވެސް އެހަބަރު ހީނާ ވަނީ ދޮގުކޮށްފަ އެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު މިހާރު ތިބީ އެފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ހިޔާލު