Kuni thakehge thereyah ellaalaafa oiy kujjaku adopt kuran Vinod masakkaiy kuranee
image
ވިނޯދާއި އޭނާގެ އަންހެނުން އެޑޮޕްޓް ކުރަން މަސައްކަތް ކުރާ ތުއްތު ކުއްޖާއާއެކު--
0 ކޮމެންޓް
 

ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮތް ކުއްޖަކު އެޑޮޕްޓްކުރަން ވިނޯދު މަސައްކަތް ކުރަނީ

އިންޑިއާގެ ރާޖަސްތާނުގައި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު އަންހެން ކުއްޖެއް، ޑައިރެކްޓަރު ވިނޯދް ކަޕްރީ އެޑޮޕްޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކުނިތަކެއްގެ ތެރޭގައި ކުޑަ ކުއްޖަކު ރޮއެރޮއެ އޮއްވާ ވިނޯދަށް ފެނުނީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުންނެވެ. އެއާއެކު ސޯޝަލް މީޑިއާ އާއި ރައްޓެހިންގެ އެހީގައި އެ ކުއްޖާ އޮތް ތަނެއް ހޯދައިގެން އެ ކުއްޖާ އަށް އެހީވާން މަސައްކަތް ފެށި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ވިނޯދު މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކުއްޖާ އެޑޮޕްޓް ކުރުމަށެވެ.

އެ ތުއްތު ކުއްޖާ ގެއަށް ގެނެވެންދެން އެކަމާ ގުޅޭ އިތުރު މައުލޫމާތު އަދި ހިއްސާކުރަން ބޭނުން ނުވާކަން ފާހަގަކޮށް އިންޑިއާގެ ނޫހަކަށް ވިނޯދު ދިން އިންޓަވިއުއެއްގައި ބުނީ ކުއްޖާ އޭނާގެ ބެލެނިވެރިކަމުގެ ދަށަށް ގެނައުމަކީ އުނދަގޫ އަދި ދިގު މަރުހަލާއެއް ކަމަށެވެ. އެކަމަކު މިހާރު އެ މަސައްކަތް ކުރަމުންދާކަން އޭނާ ކަށަވަރުކޮށްދިނެވެ.

އެކަމުގެ މައުލޫމާތު މިވަގުތު ހިއްސާކުރަން ބޭނުން ނުވަނީ އެކުއްޖާ އޭނާގެ ބެލެނިވެރިކަމުގެ ދަށަށް ނަގަން ކުރާ މަސައްކަތް ނާކާމިޔާބުވެދާނެތީ ކަމަށް ވެސް އޭނާ ބުންޏެވެ.
ހަބަރުތައް ބުނާ ގޮތުން އެކުއްޖާއަށް ނޭވާލުމުގައި އުނދަގޫތަކެއް ހުރުމުން މިހާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ބަރުދަނުގައި 1.6 ކިލޯ ހުރި އެކުއްޖާގެ ވީޑިއޯއެއް މިމަހުގެ 16 ގައި ފާހަގަކުރި ބައްޕައިންގެ ދުވަހު ވިނޯދު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ވިނޯދު ބުނީ އިއްޔެއާ ހަމައަށް ހޮސްޕިޓަލުގެ ރިކޯޑުތަކުގައި އެކުއްޖާ އަކީ ނަމެއް ނެތް ކުއްޖެއް ނަމަވެސް މިއަދު އެއީ "ޕީހޫ" ކަމަށެވެ.

ޕީހޫއަކީ ވިނޯދު އެންމެ ފަހުން ޑައިރެކްޓު ކުރި ފިލްމުގެ ނަމެވެ. އެއީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ވެސް މެއެވެ.

ވިނޯދާއި އޭނާގެ އަންހެނުން ސާކްޝީ ޖޯޝީއަކީ އިންޑިއާގެ މަޝްހޫރު ދެ ނޫސްވެރިން ވެސް މެއެވެ. 2009 ވަނަ އަހަރު އެދެމީހުން ކައިވެނި ކުރިއިރު މިހާތަނަށް އެމީހުންނަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.
ހިޔާލު