Dhuniyeyge enme kuda anhen meehaa yoga dhuvas faahaga koffi
image
ޖޯތީ ޔޯގާ ހަދަނީ--
0 ކޮމެންޓް
 

ދުނިޔޭގެ އެންމެ ކުޑަ އަންހެން މީހާ ޔޯގާ ދުވަސް ފާހަގަކޮށްފި

ދުނިޔޭގެ އެންމެ ކުޑަ އަންހެން މީހާ ޖޯތީ އަމްގޭ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކޮށްފި އެވެ.
ޔޯގާ ދުވަހާ ގުޅިގެން އެކި ކަންކޮޅުތަކުގައި އެދުވަސް ފާހަގަކުރަމުންދާއިރު ގިނަ ބައެއްގެ ސަމާލުކަމަށް އައީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ދުނިޔޭގެ އެންމެ ކުޑަ އަންހެން މީހާ ޖޯތީ ވެސް ހަރަކާތްތަކުގައި ބައިވެރިވުމުންނެވެ.

އުމުރުން 25 އަހަރުގެ ޖޯތީ ފެނިގެން ދިޔައީ އިންޑިއާގެ ނާގްޕުރްގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ. ދިގުމިނުގައި 62.8 ސެންޓިމީޓަރު ހުންނަ ޖޯތީ އެހާ ހަރަކާތްތެރިކޮށް ފެނުމުން ގިނަ ބަޔަކު ހައިރާންވި އެވެ.

ޖޯތީ ޔޯގާ ހަދާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާއިރު ގިނަ ބަޔަކު ވަނީ އޭނާ އަށް ތައުރީފުކޮށްފަ އެވެ.


އިންޑިއާ އަށް ނިސްބަތްވާ ޖޯތީ އުފަންވި އިރު އޭނާގެ ދިގުމިނަކީ 61.95 ސެންޓިމީޓަރު (ދެ ފޫޓު) ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހިޔާލު