China in Raajjeah anna fathuruveringe adhadhu ithuru vehje
image
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ރާއްޖެ އަށް ޒިޔާރާތް ކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޗައިނާ އިން ވަނީ 21,010 ފަތުރުވެރިއަކު ރާއްޖެ އައިސްފަ އެވެ. އަދި އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 24.1 އިންސައްތައިގެ އިތުރުވުމެކެވެ.

އެ ގައުމުން މިއަހަރުގެ ޖެނުއަރީ އިން މެއި މަހުގެ ނިޔަލަށް 116,282 ފަތުރުވެރިން އައެވެ. އެއާއެކު ޗައިނާ އިން ވަނީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުގެ ގޮތުގައި އޮތް އޮތުން ވެސް ދަމަހައްޓާފަ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީންނެވެ. އެގޮތުން އެ ގައުމުން މިދިޔަ މަހު 71,334 ފަތުރުވެރިން އައިއިރު އެއީ 9.5 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއަހަރުގެ މިހާތަނަށް ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރާތްކުރީ އިންޑިއާއިންނެވެ.

އޭގެ އިތުރުން މި އަހަރުގެ މެއި މަހުގައި ވަނީ ޖުމްލަ 103،022 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރާތް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 10.9 ޕަސެންޓުގެ ކުރިއެރުމެކެވެ.
ހިޔާލު