IOIG bid kaamiyaabu kurumah kuraa masaihkai varugadha kuranee
image
މިނިސްޓަރު މަހްލޫފް-- ފޮޓޯ: ވަން އޮންލައިން
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

އައިއޯއައިޖީ ބިޑް ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވަން ކުރާ ބިޑް ކާމިޔާބު ކުރަން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހްލޫފު ވިދާޅުވީ ކޮމިޓީއެއް އެކުލަވާލައިގެން އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާ ގުޅިގެން ވެސް ސިޔާސީ ގޮތުން ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތްތައް ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ބިނާކުރާނީ މުޅި ރާއްޖޭގައި ކަމަށާއި އެކަން ކުރުމަށް ބޭނުން ވަނީ ހަމައެކަނި މާލޭގައި ނޫން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތެވެ.

"(އައިއޯއައިޖީގެ) ފުރުސަތު ލިބުނީމަ އެންމެ ބޮޑު މަސައްކަތަކަށް މިވަނީ ހަތަރު ފަސް އަހަރު ތެރޭގައި ނަތީޖާ ނެރެވޭވަރުގެ ޓީމުތައް ހަދަން. އެއަށް މި ކަހަލަ ކަންކަން ބޮޑު އެހީތެރިކަމަކަށްވާނެ. ކިރިޔާ ވެސް ވާ ކަމަކަށްވާނަމަ މިހެން ހުރި ކުޅިވަރު މުބާރާތްތަކަށް ސަޕޯޓްދޭނަން،" މިނިސްޓްރު ވިދާޅުވި އެވެ.
ހިޔާލު

ބެލެނިވެރިން

މިނިސްޓަރއައް ދަންނަވާލަން ދިވެހި ބާސްކެޓް ގެ ކަންތައް ބައްލަވާލެއް ވުން އެދެން