Foakaidhoogai fenuge nizaamuge masaihkai fashaifi
image
ފޯކައިދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފޯކައިދޫގައި ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ފޯކައިދޫގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ފޯކައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އަމަލީ ގޮތުން ފަށްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. އެރަށު ފެނުގެ ނިޒާމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއަ ލިމިޓެޑުންނެވެ.

އެ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ހަވާލުކޮށްފައި ވަނީ 30.8 މިލިއަން ރުފިޔާ އަށެވެ. އެމަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ.

އެމަޝްރޫއު ނިމުމުން ފޯކައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ހިދުމަތް ލިބިގެންދާނެ އެވެ. އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުންނެވެ.


ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ހދ. ނޮޅިވަރަންފަރާއި ރ. މަޑުއްވަރީ އަދި ބ. ދަރަވަންދޫ ގައި ވެސް ފެނުގެ ނިޒާމް ގާއިމްކުރަން ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް އެ ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިޔާލު