Gaidheenge haggu thah kashavaru kurumah PNC inn govaalaifi
image
ޕީއެންސީ އުފެއްދުމުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
4 ކޮމެންޓް
 

ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ޕީއެންސީން ގޮވާލައިފި

މިދިޔަ ބުރާސްފަތު ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ދެފުށް ފެންނަ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހިންގާ، ގައިދީންގެ ހައްގުތަށް ކަށަވަރު ކުރުމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖަލުތަކާއި ޕެރޯލުގެ ގާނޫނާއި، ބައިނަލްއަގްވާމީ މުއާހަދާތަކަށް ޖަލުގައި ހިންގި ލާއިންސާނީ އަމަލުތައް ކުށްވެރި ކުރާ ކަމަށާއި ގައިދީންނާ މެދު އެފަދަ ގޮތަކަށް އަމަލު ކުރުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޖަލުގައި ތިބި ގައިދީންނަށް ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ޒިންމާއަކަށްވީ ހިނދު އެ ފަރާތްތަކުން ވަނީ ޒިންމާ އަށް ވަރަށް ބޮޑަށް އިހުމާލުވެފައި،" ޕީއެންސީގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި އެޗްއާރްސީއެމުން މިހާރު ހިނގައިގެން އުޅޭ ކަންކަން ތަހުގީގު ކުރުމަށްފަހު އިހުމާލުވާ ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުތަކުގެ ހާލަތު ބެލުމަށް އޮޑިޓެއް ކޮށްފަ އެވެ. އެ އޮޑިތުން އިނގުނު ގޮތުގައި ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަރަށް ދެރަ އެވެ. އަދި ވޭތުވެ ދިޔަ ސަރުކާރުތަކުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.

މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ވަނީ ނިންމާފަ އެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ. އެ އޮފިސަރަށް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

އެ ހާދިސާއަށްފަހު ޖަލުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް ހަބަރު ފެތުރުމާއެކު ހޯމް މިނިސްޓްރީގެ ފަރާތުން ކަރެކްޝަންސްގެ އިންސްޕެކްޓަރު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ބައެއް ގައިދީންނަށް އަނިޔާވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

އެއަށްފަހު އިއްޔެ ލިބުނު ރިޕޯޓުތައް ބުނާ ގޮތުން ޖަލު އޮފިސަރުން ވަނީ ގައިދީންގެ ބޯބަލާ، ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ޖެހުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާފަ އެވެ.

އެކަމަކު ކަރެކްޝަންސުން އެކަން ދޮގު ކުރެ އެވެ. ހޯމް މިނިސްޓްރީން ބުނީ އަނިޔާވި ގައިދީންނަށް ލަސްނުކޮށް ފަރުވާ ދިނުމަށް މާފުށީ ޖަލުގެ ޕްރިޒަންސް ޑައިރެކްޓަރަށް އަންގާފައިވާ ކަމަށެވެ.
ހިޔާލު

އައްބާ

ދިވެހި ރައްޔިތުންނަ ޕީއެންސީއަކީ ކޮންބައެއް ހިންގާ ޕާޓީއެއްކަން އެގޭނެ ބާ ؟ ކުރީގެ ޕީޕީއެމްގެ މެމްބަރު އަދުރޭ ބުނީމާ ނޭގޭނޭ ބަޔަކުން މިގައުމުގައި އުޅެދާނޭބާއޭ ؟ އަދުރޭ ގަބޫލު ކުރާގޮތުގައި ޕީއެންސީއާ އަދި އެ ޕާޓީގެ ލީޑަރސިޕްއޭ ބުނެފިއްޔާ އެމް ޕީ އާރު ސީން ވަގަށް ނެގިކަމަށް ބުނާ އިސްމީހުންގެ ތެރޭގައި ނުހިމެނޭނެ ކަމަށް ގަބޫލު ކުރާނެ ކަމަށް އަދުރޭއަށް ހީވަނީތޯ ؟ އެހެން ހީވާނަމަ އަދުރޭއަކީ ގަމާރެކެއެވެ. ހިތްޔަށް ހަކުރު އޮޅުވާލިޔަސް ރައްޔިތުންނަ އަދުރޭ ނޮޅޯނެއެވެ.

ޓީނާ

ހިނިއަންނަނީ

ާއަދުރެމެޓިކްސް

ފެއިލްވެފަހުރި މީހެއް

މަންމާފުޅު އަދުރޭ

ތިންބޯހިމެނޭ ޕާޓީން ތިކަމަށް ގޮވާލުމުގެކުރިން ނިމިދިޔަ ފަސްއަހަރު ދައުލަތުން ވަގައްނެގި ފައިސާތަކާ މުދާތައް ދައުލަތައް އަނބުރާ ރައްދުކުރުމަށް ގޮވާލިނަމަ ވަރަށް ސަޅިވީސް، އެއިރުން މިސަރުކާރަށް ޖަލުގެ ފެންވަރު ރަނގަޅުކުރެވޭނެ