Baarugadha vegen ulhunu 3 Ablo ge zamaan hingajje!
image
ދައުލަތުގެ ތިންބާރުގެ ކުރީގެ ވެރިން: ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު--
13 ކޮމެންޓް
 

ބާރުގަދަ ވެގެން އުޅުނު ތިން "އަބުލޯ" ގެ ޒަމާން ހިނގައްޖެ!

މި ރިޕޯޓުގައި އަޅުގަނޑު "އަބްދުﷲ" ގެ ނަން މިބޭނުން ކުރަނީ އެނަންފުޅަށް އިހުތިރާމް ކުރާހާލުގަ އެވެ. "އަބްދުﷲ" ގެ ނަންފުޅަށް ނިސްބަތްވާ ވަރަށް ގިނަ ބޭފުޅުން ދައުލަތުގެ އެކި މަގާމުތަކުގައި އެކި ޒަމާނުގައި އުޅުއްވިކަން ދިވެހި ތާރީހުންނާއި އަދި މިހާރު ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ބެލިޔަސް އެނގެއެވެ.
އެގޮތުން މިފަހުގެ ތާރީހުގެ ތެރެއިން، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބުނާ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ތިއްބެވީ "އަބްދުﷲ" ގެ ނަން ހިމެނޭ ބޭފުޅުންނެވެ. އެއީ ނިމިދިޔަ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އާއި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި ކުރިން ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިންގެ ގޮތުގައި، އެތިން ބޭފުޅުން ތިއްބެވިއިރު، މުޅި ދައުލަތް ހިނގަމުން ދިޔަ ގޮތް އެންމެ ރީތިކޮށް ސިފަކޮށްދީފައި ވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒު ފަހުމީ ވިދާޅުވާ ގޮތުން އޭރު ދައުލަތް ހިނގަމުން ދިޔައީ "އެކޮޅުކޮޅުން، ބަޅުކޮށް، އިދިކީލަކޮށް،" ކަމަށެވެ.

ގާނޫނު އަސާސީގައި ދައުލަތުގެ ތިން ބާރު، އެއްބާރުން އަނެއް ބާރަށް އަރައި ނުގަނެ، ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް ހިންގުމަށް ބުނެފައިވާއިރު މުޅި ދައުލަތް އޮތީ ވެރިކަމުގެ ބާރުގެ މުށު ތެރޭގަ އެވެ. އަބްދުﷲ ޔާމީންގެ މުށު ތެރެއަށް ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ވަނުމުގެ ސަބަބުން، ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ ޖަވާބުދާރީ ކުރެވޭނެ އެއްވެސް ގޮތެއް ދިވެހި ރައްޔިތުންނަކަށް ނެތެވެ. ސަރުކާރާއި، ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުމުގެ ފުރިހަމަ ބާރު ލިބިފައިވާ ރައްޔިތުންގެ މަޖިލީހުން އެބާރުތައް ދޫކޮށްލައި، ސަރުކާރުގެ މުށު ތެރެއަށް ވަނުމުގެ ސަބަބުން ރައްޔިތުންނަށް ދައުލަތުގެ މުދަލާއި ފައިސާއަށް ވަމުންދިޔަ ގޮތް ނޭނގުމުގެ އިތުރުން، މުޅި ދައުލަތުން ދިޔައީ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އޭރު ރައީސަކަށް ހުންނެވި އަބްދުﷲ މަސީހަކީ މިދައުލަތަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައިވާ ބޭފުޅެއް ކަމަށް ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާނެ ކަމާމެދު ޝައްކެތް ނުކުރަމެވެ. ސަބަބަކީ ސަރުކާރާއި ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާއިރު، އެބާރު ދޫކޮށްލައި ސަރުކާރުގެ މުށު ތެރެއަށް އެބާރުވަދެ، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކައި އެމަޖިލީހުން ބޭރުކޮށް، މެމްބަރުންނާ މެދު އަނިޔާވެރި އަމަލުތަކެއް ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުގެ ތެރޭގައި ހިމެނޭ ދިވެހި ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހިންގި އަމަލުތަކަކީ ދިވެހި ރައްޔިތުންގެ ހިތުން ފިލައިގެންދާނެ ކަމެއް ނޫނެވެ. އެކަންކަމަކީ މިއަދުގެ މިސަރުކާރުން ތަހުގީގު ނުކޮށް ދޫކޮށްލާން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ހަދައި މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓުތަކެއްގައި ތަޅު އެޅުވި މައްސަލައަކީ ދިވެހި ބަރުލަމާނީ ހަޔާތަށް އެޅިގެންދިޔަ ކަޅުބޯ ވިލާގަނޑެކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހާލަތަކީ ވެސް އެއީ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއް މެމްބަރުކަމުން ވަކިކުރި ކަމަށް ބުނާ މައްސަލަ އަށް އަވަސް ހައްލެއް ނުލިބި، ދިގުލައިގެން ދިޔަ ދިއުމަކީ ވެސް މުޅި ދައުލަތް ފެއިލްވުމަށް ދިމާވި އެއް މައްސަލަ އެވެ.

އެ 12 މެމްބަރުންގެ މައްސަލަ އަށް ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެކޯޓުން ގޮތެއް ނިންމޭ ގޮތެއް ނުވި އެވެ. ކޯޓުން ނެރޭ ހުކުމްތަކާއި އަމުރުތައް އެކި މީހުން ތަރުޖަމާ ކުރަނީ އެކި ގޮތަށެވެ. ސަރުކާރުން ބުނަމުން ދިޔައީ ސުޕްރީމް ކޯޓުގެ އަމުރުން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ 12 މެމްބަރުންނާއި އިދިކޮޅު ސިޔާސީ ލީޑަރުން ބުނަމުން ދިޔައީ ސުޕްރީމް ކޯޓުގެ އަމުރުން އެ މެމްބަރުންގެ ގޮނޑި ގެއްލޭ ކަމަށް ނިންމާފައި ނުވާ ކަމަށެވެ.

ދިވެހިރައްޔިތުންގެ ތިބީ، ސުޕްރީމް ކޯޓުން "ސާފު" އަމުރެއް ނެރެދެއްވާނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ގޮތަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން ވެސް ހަމަ އެފަދަ އެވެ.

އެތިން އަބްދުﷲ ގެ ވެރިކަމަށް ލޮޅުން އައީ ދައުލަތް ބޮއްސުންލައިގެން ގޮސް، ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވެ، ރައްޔިތުން "ރަތަށް" އެރި ހިސާބުންނެވެ.

އޭރު އޮތީ ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގައި ކޮރަޕްޝަނާއި ފަސާދަ އެވެ. މަނީ ލޯންޑާ ކުރުމުގެ މައްސަލަތަކާއި ސެންޓަރަލް ބޭންކް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އޮތީ ސަރުކާރުން ބޭނުންވާ ގޮތަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގަ އެވެ. މޯލްޑިސް އިންލަންޑް ރެވެނިއު (މީރާ) އޮތީ، ސަރުކާރުން ބުނާ ކުންފުނިތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަވެދިނެތި އެވެ. އެހެން ގޮސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތް ފެންމަތިވެ، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާ ހިސާބަށް ކަންކަން ގޮސް، މާލޭގެ މަގުމަތިންނާއި ރަށްރަށުގެ ފަޅު ތެރެއިން ބޮމާއި ހަތިޔާރު ފެނި، ދައުލަތުގެ ފައިސާ، ހޯދަން މާލޭގެ ގޭގެ އާއި އޮފީސްތަކާއި ފަޅު ރަށްތަށް ކޮނެ ބަލާ ފާސްކޮށް، އޭރު ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބު ހައްޔަރުކޮށް، ކުއްލި ނުރައްކާ ހިންގާ މުޅި ދައުލަތް ބޮއްސުންލި އެވެ.

އިދިކޮޅު ފަރާތްތަކުގެ އެއްވެސް ބައިވެރިވުމެއް ނެތި، ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ހިންގި އެއަމަލުތަކުގެ ސަބަބުން ދައުލަތް ފެއިލްވި، ހިސާބުން ސުޕްރީމް ކޯޓަށް ހޭވެރިކަންވެ، އެއްކަލަ ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންނާއި ގާނޫނާ ހިލާފަށް ސިޔާސީ ނުފޫޒުން ހިންގި ބޮޑެތި ޝަރީއަތްތައްކާ މެދު ސުޕްރީމް ކޯޓުން ސާފު އަމުރެއް ނެރެފި އެވެ. އެއަމުރަކީ ސީދާ ސާދާ، އަދި ރައްޔިތުންނަށް އެންމެ ފަހުމްވާ ގޮތަށް ސުޕްރީމް ކޯޓުން މިހާތަނަށް ނެރުނު އަމުރެވެ. އެއްވެސް ފަރާތަކަށް އަމުރުގައިވާ ކަންކަމުގެ މާނަ އޮޅި، މާނަ ކުރަން ނުޖެހޭ ވަރަށް ސާފު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އެއަމުރު ނެރުމާއެކު ސަރުކާރަށް ލޮޅުން އަރައި، ނަގޫ ގޮއްޖެހިއްޖެ އެވެ. އެންމެ ފަހުން، ސުޕްރީމް ކޯޓުގެ އެ އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި މަކަރުވެރި، ރޭވުންތައް ރާވައި، އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، މުޅި ދައުލަތް ގަޑުބަޑު ކޮށްލި އެވެ.

ދެން ފެނިގެން ދިޔައީ، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އަދުލްއިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައި އެތަނަށް ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު އިތުރު ފަޑިޔާރެއް ހައްޔަރުކޮށް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހައްޔަރު ކުރިތަނެވެ.

ދެން ސަރުކާރަށް ޖެހުނީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި އަމުރު ނެރުނު ފަސް ފަނޑިޔާރުން އިންތިފާގުން ވިޔަސް، ދެން ތިއްބެވި އަނެއް ތިން ފަނޑިޔާރުން ރުއްސައިގެން، އެ ފަނޑިޔާރުންގެ ތެރޭގައި ހުންނެވި އެންމެ ނުފޫޒު ގަދަ ފަނޑިޔާރަށް އުއްތަމަ ފަނޑިޔާރުކަން ދޭން ނިންމައި، އެކެއް ފެބްރުއަރީ ގައި ހަމަ އެފަނޑިޔާރުން ނެރުނު އަމުރު ބާތިލް ކުރާށެވެ. މިއީ ރާއްޖޭގެ އަދުލްއިންސާފު ގާއިމުކުރުމުގެ ބާރުގެ ހާލަތެވެ.

އެންމެ ފަހުން ތިން އަބްދުﷲ ގެ ވެރިކަން ދައުލަތުގެ ބާރުގެ ތެރެއިން ދޫވެއްޖެ އެވެ. ފުރަތަމަ، ހަމަ ރައީސް ޔާމީންގެ އަތްޕުޅުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބާރު ދުއްވާލައި، މުޅި ޖުޑީޝަރީގެ ބާރު ވެސް ކަނޑުވާލީ އެވެ.

ދެން އޭގެ ފަހުން ރައްޔިތުން ނިކުމެ، ރިޔާސީ އިންތިހާބުގައި، ރައީސް ޔާމީންގެ ބާރުވެރިކަން ދުއްވާލީ، ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ދެންހުރި އަބްދުﷲ މަސީހުގެ ހުދުމުހުތާރު، ބާރުވެރިކަން ދުއްވާލީ ވެސް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިކުމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމާއެކު، މަޖިލީހަށް އައި ބަދަލާއެކުގަ އެވެ. ދެން އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުން ސުޕަ މެޖޯރިޓީ ދިނީ ވަރަށް ފޮނި އުއްމީދަކާއެކުގަ އެވެ. ޖުޑީޝަރީ އިސްލާހު ކުރާށެވެ. އަދުލްއިންސާފު ގާއިމު ކުރާށެވެ. ގެއްލިފައިވާ ރައްޔިތުންގެ ހައްގުތަށް އިއާދަކޮށް، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާށެވެ. މުޅި ދައުލަތް ހަމަ މަގަށް އަޅުވާށެވެ.

އެ ތިން އަބްދުﷲ ގެ ވެރިކަން ނިމުނު ނަމަވެސް، ޖުޑީޝަރީ އިސްލާހު ކުރަން ރައްޔިތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އަދާކުރަން ފެށުމާއެކު، ސުޕްރީމް ކޯޓު ތެދުވެއްޖެ އެވެ. އިއްތިފާގުން މިފަހަރު ވެސް އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ކިޔާ ބޭފުޅެކެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، ގާނޫނު އަސާސީއާ ހިލާފު އަމުރުތަކެއް ނެރުމާއެކު، ރައްޔިތުންގެ މަޖިލީހުން މަޑަކުން ނުތިބޭނެތާ އެވެ. މިއީ އަބްދުﷲ މަސީހުގެ ދައުރެއް ނޫނެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއް ވެސް ނޫނެވެ. މިހާރު ހިނގަމުންދަނީ ޖުޑީޝަރީ އިސްލާހު ކުރުމަށް ނިކުމެ ތިއްބެވި، މެމްބަރުންގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެކެވެ. މަޖިލީހުގެ ރައީސަކަށް ހުންނެވީ އަބްދުﷲ މަސީހެއް ނޫނެވެ. މަޖިލީހަކު ވެސް އަބްދުﷲ މަސީހެއް ނެތެވެ. މަޖިލީހުގެ ރައީސަކަށް ހުންނެވީ ޖުޑީޝަރީ އިސްލާހު ކުރާ ވާހަކަ ތާއަބަދު ދައްކަވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އަބްދުﷲ ޔާމީން ނޫންކަން ވެސް ދަންނާށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ޖުޑީޝަރީ އިސްލާހު ކުރެއްވުމަށް ނިކުންނެވި އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެހެކަންކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އަބްދުﷲ ގާޒީ ކިޔާ ބޭފުޅަކު ޖެއްސުން ކުރި ގޮތަށް ޖެއްސުންކޮށް، ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ނަމަވެސް، ދެން އެ ފުރުސަތެއް ރައްޔިތުން ނުދޭނެ އެވެ. އެކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އަށް އެނގިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަމެވެ.

ދިވެހި ރައްޔިތުން ބޭނުން ވަނީ، ފަނޑިޔާރުކަމުން ބޭރުކުރަން ޖެހޭ ފަނޑިޔާރުން ބޭރުކޮށްގެން ވިޔަސް ފަނޑިޔާރުގެ އިސްލާހު ވާތަން ދެކޭށެވެ.
ހިޔާލު

ޖަމީލު

މިއޯގާތެރިސަރުކާރުން މީޑިޔާޔާއައްމިހަދަނިކިހިނެއްތޯ ފެނަކަކޯޕަރޭސަނުގެކުދިންކޮޅައްމިހަދަނީކިހިނެއްތޯ ޖަލުގެކުދިންކޮޅައްހަދަނިކިހިނެއްތޯ 18 އަހަރުނުފުރާވިހެއުމުގެކައްތަކޯ އަދިވެސް އަދިވެސް އެބަހުރި ތިޔާއާޓިކަލްލިޔެލާއިރު ދެފަރާތުގެ ހަމަހަމަކޮންލުންރައގަޅު ތިހުރީގޮސްހުސްވެފާވިއްޔާ

ށަޒަން

ބޭރުކުރޭ ބޭރުކުރޭ...

ށަޒަން

ބޭރުކުރޭ ބޭރުކުރޭ...

ށަޒަން

ބޭރުކުރޭ ބޭރުކުރޭ...

ކޮބާ

ކޮބާ އަބްދުލް ޣަނީ މުޙައްމަދު؟

ސަރަކަ

ޒަމާން ދިޔައީ ކޮން ބައެއްގެ ކަމާއި ނުދަނީ ކޮން ބައެއްގެ ކަން ނިންމަވާނީ މީސްތަކުން ހެއްދެވި އިލާހް. ސްޕަރ މެޖޯރިޓީއަކީ ހަލާކު ކަމުގައި ވުމީވެސް ވެދާނެ ކަމެއް.

ާައަލީ


ޥާނުވާ ނޭގުނަސް ހާސަރު ބޮޑިއެއް ދެމޭތޯ ބަލާށޭ.

މުހައްމަދު

ދިވެހިރައްޔިތުންނަށް އަނިޔާވެރި ވެރިކަމެއް ކުރި މި 3 މީހުންގެ ވާހަކަ މިހާ ތަފްސީލް ކޮށް ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ޢަދިވެސް މިފަދަ އަނިޔާވެރިންގެ ކަންތައްތައް ރައްޔިތުންނާއި ހަމައަށް ގެނެސް ދެއްވުން އެދެމެވެ.

އަލީ

ހާދަ ވަރެއްވެފައި. އިންތި ލާރިގަނޑެއް ދީގެން ޖަހާފަ އޮތް އާޓިކަލެއްދޯ. ނިކަން ކެރެންޏާ މި ކޮމެންޓް ޖަހާލަބަލަ. ނުކެރޭނެ ބޭޒާރުވާނެތީވެސް. މިވެސް މީޑިއާގެ މިނިވަންކަން މިފެންނަނީ

19

.ތި ކިއާ 3 އަބުޅޯ އަށް ވުރެ ވަކި ސަހަލު ބައެއް ނޫން މި ވެރިކަމުގާވެސް ތިބީކީ ތި ކީ ހުރިހާ ކަމަކާ ހުރިހާ ބާރެއްގެ ބޭނުން މިހާރުގެ އޯގާތެރި ލޮބުވެތި ރައިއްޔަތުންނަށް ކުލުނު ހުރި ވައްކަން ނުކުރާ ދޮގު ނުހަދާ އޮޅުވާނުލާ ސަރުކާރުން ނުކުރާ ބައެއްނޫން ތި ހުރިހާ ކަމެއް ކުރޭބަ ސަނާ ކީދާނެ، އެހެނަސް ހަމަ ފަނާކުރާ ސަރުކާރެއްމީ.

އެދުރު ރަހީމު

މިހާރު ތިބި 4 އަބދުﷲ ވެސްނެރެ އެއްލާލަންވީ. ބޮޑު *ަ*ާ އެއް.

ޕްރޭނާ

އަބޫ. ނުގުޅޭ ކޮމެންޓެއް. ކޮއްފަ. އެކަމް ހަމަ ހެޔޮ ވާހަކަ އެއް..

ާްއަބޫ

މިވެރިކަމަކީވެސް މަތީފަރާތުން ދެއްވާފާވާ އަމާނާތެއް. އެ ފަރާތުން އިރާދަކުރައްވައިފި ނަމަ ނިމިދާކައް ލަހެއް ނުވާނެ.