Dhivehi film Maamui ge ticket vikkan fashaifi
image
މާމުއި ގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

ދިވެހި ފިލްމު މާމުއި ގެ ޓިކެޓް ވިއްކަން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "މާމުއި" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އެފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށާފައިވާއިރު ޕްރިމިއާ ނައިޓްގެ ޓިކެޓި ލިބެން ހުރީ 150 ރުފިޔާ އަށެވެ. އަދި އެހެން ރޭތަކަށް ޓިކެޓް ލިބެން ހުރީ 100 ރުފިޔާ އަށެވެ.

މާލޭގެ އިތުރުން ރާއްޖެތެރޭ ގިނަ ރަށްތަކުގައި ފިލްމު އެޅުވުމަށް ނިންމާފައިވާއިރު ހދ. ކުޅުދުއްފުށީގައި އެފިލްމު އެޅުވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ އަދި ފަސް ވަނަ ދުވަހެވެ.

ފިލްމުގެ ޓްރެއިލާ އާއި ފިލްމުގެ ތީމް ލަވަ މިހާރު ނެރެފައިވާއިރު ގިނަ ބަޔަކަށް ވަނީ ޓްރެލާ އާއި ލަވަ ކަމުގޮސްފައެވެ. އަދި އެހެން ފިލްމުތަކާ އަޅާބަލާއިރު މިފިލްމު ވަރަށް ތަފާތު އަދި ރީތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.


ފިލްމުގެ ޓްރެއިލާ---


ފިލްމުގެ ތީމް ލަވަ---

އަލީ ޝިފާއު ޑައިރެކްޓުކޮށް، އައިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ އެފިލްމަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމު ކަމަށް މޮގާ ވަނީ ބުނެފަ އެވެ.

ފިލްމުގައި ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއީލް ޖުމައިހް (ޖުމާ)، މަރިޔަމް އައްޒަ، ސަމާހަތު ރާޒީ، ޝީލާ ނަޖީބު، ޝަޒްލީމް، ޝާޔާ، އަހްމަދު ސުނީ، ނުޒުހަތު ޝުއައިބު (ނުޒޫ)، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، އަހްމަދް އަމާން، އައިމިނަތު ނޫރާ އަދި އަހްމަދު ޝާކިރު ހިމެނެ އެވެ.
ހިޔާލު