Kangana dhookohli Film kulhen Deepika ah
image
ކަންގަނާ އާއި ދީޕިކާ--
0 ކޮމެންޓް
 

ކަންގަނާ ދޫކޮށްލި ފިލްމު ކުޅެން ދިޕިކާއަށް

އަނުރާގް ބާސޫ ޑައިރެކްޓުކޮށް 2006 ވަނަ އަހަރު ނެރުނު ފިލްމު "ގޭންގްސްޓާ" އިން ބޮލީވުޑަށް ތައާރަފުވި ކަންގަނާ ރަނައުތު، އަނޫރާގުގެ ކުރިއަށް އޮތް ފިލްމު "އިމަލީ" ގައި މަސައްކަތް ކުރަން އެއްބަސްވުމަށް ފަހު، އެ ފިލްމު ދޫކޮށްލާފައި ވާތީ އެ ރޯލަށް މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނު ނެގުމަށް އޭނާއަށް ހުށަހަޅައިފި އެވެ.
ކަންގަނާ އެފިލްމު ދޫކޮށްލީ މަސައްކަތްތަކުގައި ބިޒީވެ އެ ފިލްމަށް ވަގުތު ނުދެވޭތީ އަނުރާގްއާ ވާހަކަ ދެއްކުމަށް ފަހު ކަމަށް އޭނާ ބުނެއެވެ.

އިންޑިއާގެ ނޫޙަކަށް އަނުރާގް ބުނީ، އެ ފިލްމުގައި މަސައްކަތް ކުރަން ދީޕިކާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގުޅިގެން ދީޕިކާ އަދި ގޮތެއް ނުނިންމާ ކަމަށް ވެސް އަނުރާގު ބުނެފައި ވެއެވެ.

އެންމެ ފަހުން ޕަދްމާވަތުގައި މަސައްކަތް ކުރި ދީޕިކާގެ ކުރިއަށް އޮތް ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އަންނަ އަހަރު ނެރޭ އެފިލްމުގައި ދީޕިކާ ފެންނާނީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ރޯލުންނެވެ.

އޭގެ އިތުރުން އޭނާ މިހާރު އަންނަނީ ރަންވީރު ސިންގްއާ މިދިޔަ އަހަރު ކައިވެނި ކުރުމަށް ފަހު އެމީހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު "83" ގެ ޝޫޓިން ގައި ހަރަކާތްތެރިވަމުންނެވެ. އެފިލްމުގައި ދީޕިކާ ފެންނާނީ ރަންވީރުގެ އަނބިމީހާގެ ރޯލުންނެވެ.
ހިޔާލު