Jaluge haalathu kurin maa rangalhu kamah bunumun idhikolhah faadu kiyanee
image
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް -- ފޮޓޯ: ދަ އެޑިޝަން
2 ކޮމެންޓް
 

ޖަލުގެ ހާލަތު ކުރިން މާ ރަނގަޅު ކަމަށް ބުނުމުން އިދިކޮޅަށް ފާޑުކިޔަނީ

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެކި މީހުން ސޯޝަލް މީޑިއާގައި އަންނަނީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. ބައެއް ފަރާތްތަކުން އެކަން ވީ އެންމެ އަވަަހަކަށް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާއިރު އަނެއްބައި ފަރާތްތަކުން އަންނަނީ އެކަމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާތީ ސަރުކާރަށް ތަޢުރީފު ވެސް ކޮށްފައެވެ.
މިހާރުގެ އިދިކޮޅު ޕާޓީއަކީ ޕީޕީއެމްއާ ޕީޕީއެމްގެ ތެރެއިން އުފެދުނު ޕީއެންސީއެވެ. މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެ ދެޕާޓީން ވެސް ވަނީ އެކަން ކުށްވެރިކޮށް ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައެވެ. މި ނޫސްބަޔާނުގައި ޖަލުތަކުގެ ޙާލަތު ކުރިއަށްވުރެ ގޯސްކަމާއި ޖަލުތައް ބަލަހައްޓަން ރަނގަޅު މީހުން ނެތި އެތަނުގައި އެކްޓިވިސްޓުން ތިބޭ ކަމަށް ވަނީ ބުނެފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަން ކޮށްފައި ހުރި ގޮތުގެ ވާހަކަތައް ވެސް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ކޮންމެއަކަސް މި ދެޕާޓީން ނެރުނު ނޫސްބަޔާނުގައި ސަރުކާރަށް ފާޑު ކިޔާފައިވާއިރު މި ޕާޓީތަކުން ނެރުނު ނޫސްބަޔާނަށް ފާޑުކިޔާ ޢާއްމު ރައްޔިތުން މާ ގިނަވެއްޖެއެވެ. ސޯޝަލް މީޑިއާގައި މި ދެޕާޓީއަށް ފާޑުކިޔާފައި ބައެއް މީހުން އަންނަނީ މި ސަރުކާރަށް ތަޢުރީފު ކުރަމުންނެވެ. ސަބަބަކީ މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިނގި ކަމެއް ނަމަ ތިންބާރުންކުރެ އެއްވެސް ބާރަކުން މިކަމުގައި ވެގެން އުޅޭ ގޮތެއް ނޭނގޭނެތީއެވެ. އޭރު ކަންކަން ކޮށްފައި ވަނީ މުޅިންވެސް ރައްޔިތުންނަށް ސިއްރުންނެވެ. އެހެންކަމުން ރައްޔިތުންނަށް މިކަމުގައިވެސް ޝައްކު ކުރެވޭނީ ހަމަ އެބީދައިންނެވެ.

ސޯޝަލް މިޑިއާގައި އެ ދެޕާޓީން ނެރުނު ނޫސްބަޔާނަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ދެން އެމްޑީޕީގެ މި ވެރިކަން ނުވެއްޓޭނެ ކަމަށާއި ސަރުކާރުން މިކަމުގައިވެސް ޢަމަލު ކުރި ގޮތުން "ލައްކަ އަސަރު" އެދެޕާޓީއަށް ކޮށްފި ކަމަށެވެ. ބައެއް ފަރާތްތަކުން ޖަލަށް އެކްޓިވިސްޓުން ލީ ޕީޕީއެމްގެ ސަރުކާރުގައިތޯ ވަނީ ސުވާލު ކޮށްފައެވެ. ބައެއް ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި މަރުވި ގައިދީންގެ ވާހަކަތައް ދައްކާފައެވެ. އަދި އެއީ އެކްޓިވިސްޓުން ބަހައްޓައިގެން ހިނގާދިޔަ ކަމެއްތޯވެސް ވަނީ ސުވާލު ކޮށްފައެވެ. އެހެން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޔާމީންގެ ސަރުކާރުގައި ޖަލުގައި މަރުވި މީހުންގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށާއި އެކަން ނުބަލާ ދޫކޮށްގެން ނުވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކަކީ ސިޔާސީ ފަރާތްތަކަކުން ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އެގޮތުން އެކަމަކީ ސީދާ ކުރީގެ ރައީސް ޔާމީން އިސްވެ ހުންވައިގެން ކުރާ ކަމެއް ކަމަށްވެސް އަންނަނީ ބުނަމުންނެވެ. ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަގާފަތެއް އަނެއްކާވެސް އަށަގެންފައިވާ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވާއިރު އެފަދަ ކަމެއް ޖަލުގައި ކުރަމުންދާ ވާހަކަ (އަނިޔާ ކުރަމުންދާ ވާހަކަ) ޕީޕީއެމްއިން ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށްވެސް ބައެއް މީހުން ވަނީ ޓްވިޓާގައި ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިކަމުގައި އެޅުއްވި އަވަސް ފިޔަވަޅުތަކަށް ތަޢުރީފު ކުރަމުން މީހަކު ކޮށްފައި އިން ޓްވީޓެއްގައި ބުނެފައިވަނީ ކުރީ ސަރުކާރުން އެފަދަ ކަމެއް ހިނގުމާއި އެކުގައި ފުރަތަމަވެސް ކުރަނީ ސިއްރު ކަމަށެވެ. އަދި އެއަށްފަހު އެކަމުގައި ބައިވެރި ފަރާތްތަކަށް ދެނީ ޕްރޮމޯޝަން ކަމަށް ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން ވަނީ ޕީޕީއެމްގެ އިސް ފަރާތްތައް ޓްވިޓާގައި ޓެގުކޮށްވެސް އެމީހުންގެ ޝުޢޫރު ފާޅުކޮށްފައެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ޓެގުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޖަލުތަކުގެ ވާހަކަތައް ދައްކަން އަބްދުއްރަހީމްމެން ފަދަ ބޭފުޅުން ރީއްޗެއް ނޫން ކަމަށެވެ. އެއީ ޕީޕީއެމްގެ ސަރުކާރަކީ އެތައް ބަޔަކު ގަދަ ކަމުން ޖަލަށްލާ އަނިޔާކޮށް އެމީހުންނަށް ބޭސްފަރުވާ ދިނުމުންވެސް މަޙްރޫމް ކޮށްފައިވާ ސަރުކާރަކަށް ވާތީ ކަމަށެވެ.

ކޮންމެއަކަސް އެތައް ބަޔަކު އަންނަނީ ޕީޕީއެމްއާ ޕީއެންސީ ނެރުނު ބަޔާންތަކަށް ފާޑުކިޔާ އެއަށް ރައްދު ދެމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ ކުށެއް ނެތް އެތައް ރައްޔިތުންތަކެއް "ވާނުވާ" ޖަހާފައި ބެހެއްޓުމުގެ ސަގާފަތް މި ރާއްޖޭގައި އަށަގެންނެވީވެސް ޕީޕީއެމްގެ ސަރުކާރުން ކަމަށެވެ.
ހިޔާލު

ކޭބީ

ޖަލުބެލެހެއްޓުން ޔާމީނާ ހަވާލުކުރޭ... ޕާޓޭ ގުރޫޕް ގޮވައިގެން އެތާ ތާސްކުޅެން ފޮނުވާލާ

ބަޅުރުއްޕާޓީ

ޢަދުރޭ ޕީޕީއެމްގެ އެކުޓިވިސްޓު ތިބީ އެތާ އެމްޑީޕީގެ އެކުޓިވިސްޓުނެއްނޫން އެތާ އެތިބީ އަދިވެސް ބުރޯޑު ކާސްޓު ކޮމިސަންގަ 43000ރފ މުސާރަ ނަގައިންގެ އެތިބީ އަދިވެސް ޕީޕީއެމް އެކުޓިވިސްޓުން ތީސޯޓުގުއި އަދުރޭ