Kamadhoo rayyithunge kanboduvunthah ministry thaka hissakoffi
image
ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރީތަކާ ހިއްސާކުރަނީ-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ބ. ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރީތަކާއި ހިއްސާކޮށްފި އެވެ.
ކަމަދޫ ރަށު ކައުންސިލުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ކުރިއެރުންތަކާއި ގުޅިގެން މިނިސްޓްރީތަކާ ބައްދަލުކޮށްފައިވާއިރު އޭގެ ތެރޭގައި އެންވާރަމެންޓް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، ހެރިޓޭޖް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ފެނަކަ ކޯޕަރޭޝަން ހިމެނެ އެވެ.

އެގޮތުން އެންވާރަމަންޓް މިނިސްޓްރީ އާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ރަށުގައި ކުނި ނައްތާލުމުގެ ކަންކަން އޮންނަ ގޮތާއި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމަށްޓަކައި ބޭނުންވާނޭ ވަސީލަތްތައް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އޭގެ އިތުރުން ޔޫތު މިނިސްޓްރީ އާއެކު މަޝްވަރާކޮށްފައި ވަނީ އެކި ކުޅިވަރުތައް ކުޅުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކުރުމާ ގުޅޭ ގޮތުންނެވެ.

ރަށުގެ އާސާރީ ތަރިކަ ހިމާޔަތް ކުރުމާ ބެހޭ ގޮތުން ހެރިޓޭޖް މިނިސްޓްރީ އާއެކު މަޝްވަރާކޮށްފައިވާއިރު ފިނޭންސް މިނިސްޓްރީ އާއެކު ރަށުގެ އާމްދަނީ އުފައްދާ، އިތުރު ކުރާނެ ގޮތާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއެކު ވަނީ އެރަށުގެ އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަތަކާއި ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ކަމަދޫ ރައްޔިތުންގެ ފަރާތުން ފާހަގަކޮށްފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީތަކުން ވަނީ ބުނެފަ އެވެ.
ހިޔާލު