Jalu balahahtaa officer akah group akun hamalaadhee moonumathi falhaalaifi
image
މާފުށީ ޖަލު.-- ފޮޓޯ: މާފުށި ސީޓީ/އެފްބީ
4 ކޮމެންޓް
 

ޖަލު ބަލަހައްޓާ އޮފިސަރަކަށް ގުރޫޕަކުން ހަމަލާދީ މޫނުމަތި ފަޅާލައިފި

މާފުށީ ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރަކަށް ރޭ އެ ރަށު ތެރެއިން ގުރޫޕަކުން ދިމާކޮށް ހަމަލާ ދީފި އެވެ.
އެނގިފައިވާ ގޮތުގައި ފަސް ވަރަކަށް މީހުންގެ ގުރޫޕަކުން އޮފިސަރަށް ހަމަލާ ދިނުމާ ގުޅިގެން އޭނާ ކަނާއަތު ބުމަޔާއި ދިމާލުން ވަނީ ފަޅައިގެން ގޮސްފަ އެވެ. ސީއެންއެމް އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިހާރު އެ ތަން ފަހާފައި ވާއިރު މޫނުމަތި ވަރަށް ބޮޑަށް ދުޅަ ވެފައިވެ އެވެ.

ކަރެކްޝަންސް އިން ވެސް ވަނީ ރޭ އޮފިސަރަކަށް މާފުށީ ތެރެއިން ހަމަލާ ދިން ކަމަށް ބުނެފަ އެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލު ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންނަށް ދަނީ އިންޒާރުތައް ލިބެމުންނެވެ. އެގޮތުން އެ އޮފިސަރުން ވަނީ، އެ ކަމަކަމާ ގުޅިގެން އެ މީހުންނަށް ރައްކާތެރިކަން ނެތް ކަމަސް ބުނެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ވެއެވެ.

ޖަލުގެ ހަތަރު ވަނަ ޔުނިޓުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ކޮމާންޑަރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ އިތުރުން އެކަށީގެން ނުވާ ވަރަށް އީއެސްޖީ އޮފިސަރުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ ކަރެކްޝަންސްގެ ވެރިންނާއި އެކު ޖަލަށް ޒިޔާރަތްކޮށް، ގައިދީންނާ ބައްދަލުކޮށްފަ އެވެ.

މާފުށީ ޖަލުގެ ހަތަރު ވަނަ ޔުނިޓުގައި ހަމަނުޖެހިން ހިނގީ އެހެން ގޮޅިއެއްގައި ހުރި ގައިދީއެއްގެ އަތުން ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އެދުމުން ޖަލު ބަލަހައްޓާ އޮފިސަރު އެކަމަށް ދެކޮޅު ހެދުމުން ކަމަށް ވެއެވެ. އެއާ އެކު ގައިދީއަކު އިސްވެ އޮފިސަރަށް ހަމަލާ ދިނީ އެވެ.

އެ ހަމަނުޖެހުމާ އެކު އީއެސްޖީން އެ ޔުނިޓަށް ވަދެ ގައިދީން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، އަނިޔާކުރި ކަމަށް ވެއެވެ. އަދި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށި ކަމަށް ވެސް ބުނެ އެވެ. އެ ހަމަނުޖެހުންތަކުގައި އެ ޔުނިޓުގެ ސީސީ ޓީވީ ކެމެރާތައް ތަޅާލާ، ގައިދީ އަކަށް އަނިޔާވި ކަމަށް ވެއެވެ. އެ ކަންކަން ކުރީ ކޮން އޮފިސަރުންނެއް ކަމެއް އަދި ހޯދިފައި ނުވާ ކަމަށް ވެއެވެ.
ހިޔާލު

އަހުމަދު

ކުށްވެރިނަނަށް ރަގަޅުހުކުމްއިއްވާނަމަ ރަގަޅުވީސް... އަބަދު މިތިބެންޖެހެނީ މި ކުށްވެރިންގެ ބަލާޖެހިފަ ނޫނީ މަސްތުވާތަކެތީގެ އަޅުންގެ ބަލާޖެހިފަ... ސަލާމަތެއްނެތް...

ފައިސާ ފައިސާ

ދެން މިހާރު އެންމެ ރަނގަޅުގޮތަކީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ތިޔަ ވަޒިފާތައް ދޫކޮށްލުން. އޭރު އެނގޭނެ އެވަޒީފާގައި ހުރި ބުރަކާމާއި ނާންމާންކަމާއި ސްޓްރެސްކަން. ކުށްވެރިންގެ ސަރުކާރު.

މުޏިޑާ

ކުއްވެރިން ސައިޒުނުކުރެވެނޏާ މުނާޒު އިސްތިއުފާ

މާތްކަމޯ

ދެން މާލޭން ގޭންގް ތައްއައިސް މާފުށީގައި މާރާމާރީހިންގާ އާއްމުން ނަށްވެސް އުނދަގޫކުރަންފެށީ
ކޮބާތަ މާފުށި އެމް ޑ ޕ ގޮފި