Kurin fenunee zuvaanun kulhivaruge avaigai jahsaafai thibithan: Faisal
image
ހުނަރުވެނި 2019 ސްކިލް ޝޯ ޝަރަފުވެރިކޮށްދެއްވާ ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

"ކުރިން ފެނުނީ ޒުވާނުން ކުޅިވަރުގެ އަވައިގައި ޖައްސާފައި ތިބިތަން"

ވޭތުވެދިޔަ އަހަރުތަކުގައި ބޮޑަށް ފެނިގެން ދިޔައީ ޒުވާނުން ހަމައެކަނި ކުޅިވަރުގެ އަވައިގައި ޖައްސާފައި ތިބިތަން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ފެށި "ހުނަރުވެނި 2019" ސްކިލް ޝޯ ޝަރަފުވެރިކޮށް ދެއްވާ ނައިބް ރައީސް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ފެނިގެންދިޔައީ ޒުވާނުން ކޮންމެވެސް ކުޅިވަރެއްގެ އަވައިގައި ޖައްސާފައި ތިބިތަން ކަމަށާއި އެކަމަކު ހެޔޮ އެދޭ ސަރުކާރަކުން ޒުވާނުންނާއި މެދު އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.

ގައުމަށް ހެޔޮ އެދޭ ބަޔަކު ނަމަ އޭގެ ބަދަލުގައި މަސައްކަތް ކުރާނީ ގައުމުގެ ތަރައްގީގައި ޒުވާނުން ބައިވެރި ކުރުމަށް ކަމަށް ނައިބް ރައީސް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ، ސްކޫލު ދައުރުގައި ދަރިވަރުންނަށް ފަންނީ މަސައްކަތްތައް ދަސްކޮށްދޭން ޖެހޭ ކަމަށާއި ސަބަބަކީ ގާބިލު ޖީލެއް ބިނާކުރެވޭނީ އެގޮތަށް ކަންތައްތައް ކުރެވިގެން ކަމަށެވެ.

"މުޅި ދިވެހި ސަރުކާރަށް ވިސްނާނަމަ އަޅުގަނޑުމެން އެންމެ ބޮޑު އަމާޒެއް ހިފާފައި ހުރީ ތައުލީމީ ކަންކަން ރަނގަޅު ކުރުމަށްޓަކައި. މިއަދު ޅަ ދަރިންނަށް ދެވޭ ތައުލީމުން ފެށިގެން މާދަމާ ތައުލީމީ ހަޔާތް ނިމިގެންދާއިރު އެ ދަރިވަރުންނަކީ އެއީ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ މަސައްކަތަށް އަހުލުވެރި މަސައްކަތް ކުރާ ހިތްވާ ބަޔަކަށް ހަދަން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ވަށާ ޖެހޭ ތައުލީމީ ނިޒާމަކީ ގިނަ ކަންކަން ދަރިވަރުންނަށް ދަސްވާނެ ނިޒާމެއްކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދަރިވަރުންނަކީ ރަނގަޅު ނަތީޖާއެއް ހޯދާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހިޔާލު