Emme ufaaveri meehakee amilla masakkathun rangalhu aamdhanee hoadhaa meehaa: Naib Raees
image
ނައިބް ރައީސް އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިއަދު ފެށި ހުނަރުވެނި ސްކިލް ޝޯގައި-- ފޮޓޯ: ސީއެންއެމް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އެންމެ އުފާވެރި މީހަކީ އަމިއްލަ މަސައްކަތުން ރަނގަޅު އާމްދަނީ ހޯދާ މީހާ: ނައިބު ރައީސް

އެންމެ ހިތްހަމަޖެހިގެން އުފާވެރިކޮށް އުޅޭ މީހާއަކީ އަމިއްލަ މަސައްކަތުން ރަނގަޅު އާމްދަނީ ހޯދާ މީހާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފަންނީ މަސައްކަތްތަކާއި، ޒުވާނުންނަށް ހުރި ފުރުސަތުތަކާއި، ކުރިއަށްދާނެ ދާއިރާ އިހްތިޔާރު ކުރުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ހިއްސާކުރުމަށް މިއަދު ދަރުބާރުގޭގައި ފެށި "ހުނަރުވެނި ސްކިލް ޝޯ" ޝަރަފްވެރިކޮށްދެއްވާ ނައިބް ރައީސް ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ ވަޒީފާއެއް އަދާކުރުން މަތީ ދެމި ހުރުން ކަމަށާއި އަދި މަސައްކަތެއް ކުރަން އެނގިހުރެ އެ މަސައްކަތެއް ނުކޮށް ހުރުމަކީ ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

"އެންމެ ހިތްހަމަ ޖެހޭ އެންމެ އުފާވެރި މީހަކަށް ވާނީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އެ ލިބޭ އެއްޗަކުން ހެޔޮ ގޮތުގައި ރަނގަޅަށް މެނޭޖްކޮށްގެން އުޅޭ މީހުން،" ފައިސަލް ނަސީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ނައިބް ރައީސް ވަނީ ކާބަފައިންގެ ފަރާތުން ދިވެހިންނަށް ގިނަ ގުނަ ހުނަރުތަކެއް ވާރުތަވެފައިވާ ކަމަށާއި އެހެންކަމުން އެ ހުނަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ހއ. އަތޮޅަށް ކުރި ދަތުރުފުޅުގެ ތެރެއިން ވެސް ދިވެހިންގެ ފަންނީ ހުނަރު ވަރަށް ބޮޑަށް ފެނިވަޑައިގެންނެވިކަން ފާހަގަކުރައްވާ ނައިބް ރައީސް ވަނީ އެ ދަތުރުފުޅުގެ ތެރެއިން މީގެ 300 އަހަރު ކުރިން ދިވެއްސެއްގެ އަތުން ލިޔެފައިވާ ހަތިމެއް ފެނިވަޑައިގެންނެވި ކަމަށާއި އެގޮތުން އަތުން ލިޔެފައިވާ އެ ހަތިމުގައި ކޮމްޕިއުޓަރުން ލިޔުމެކޭ ތަފާތެއް ފެނިވަޑައިނުގެންނެވި ކަމަށް ވިދާޅުވި އެވެ.

"300 އަހަރު ކުރިން އެރަށު ބޭފުޅަކު ލިޔެފަ. އަޅުގަނޑަށް އަދިވެސް ގަބޫލެއް ނުކުރެވޭ އެއީ ކޮމްޕިއުޓަރުން ހެއްޔޭ އަޅުގަނޑު މި ސުވާލުކުރަނީ ލިޔެފަ އެހުރީ. އެހާ ރީތިކޮށް އެމަސައްކަތް ދިވެއްސެއްގެ އަތުން ކޮށްފައި ހުރި ކަމީ އަޅުގަނޑުމެންނަށް އެ ދައްކުވައި ދެނީ ކާބަފައިންގެ ވެސް އެ ހުނަރުތައް ހުރިކަން،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވަނީ ބެލެނިވެރިން ދަރިންގެ ކިބައިގައި ހުންނަ ހުނަރުތައް ދެނެގަނެ އެކަންކަން ފާހަގަކުރުމަށް އެދިލައްވާފަ އެވެ. އަދި އެ ދާއިރާއަކުން އެކުއްޖަކު ކުރިއަށް ގެންދިއުމަށް ހިތްވަރުދެއްވުމަށް ވެސް އެދިލެއްވި އެވެ.

"ވަޒީފާ އަދާކުރުމަކީ އެއްވެސް ހާލެއްގައި ހުދު ގަމީހެއް ލާފަ ޓައިއެއް އަޅައިގެން އޮފީސް މޭޒު ދޮށުގަ ހުރުމެއް ނޫން. އަޅުގަނޑަކަށް އެއްވެސް ހާލެއްގައި ފަސް ނުޖެހޭނެ މާދަމާ ކޮންސްޓްރަކްޝަން ގްރޫޕެއް ލީޑުކޮށް އެގްރޫޕެއް ގޮވައިގެން މަސައްކަތް ކުރަން. އަޅުގަނޑު ރާނަން ވެސް ދަންނަން، ވަޑާން ކުރަން ވެސް ދަންނަން،" ވަކި މަސައްކަތަކީ ހުތުރު މަސައްކަތެއްގެ ގޮތުގައި ބަލައި ނުގަންނަކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވި އެވެ.
ހިޔާލު

ލަކޫ

ދިވެހިން ބިނާކުރަންވީ ދަޢިރާއަކީ ފެހުން ބޯކޮށުން ރޭނުން ވަޑާން ކުރުން ކެއްކުން މިދާއިރާތަކުން މިހާރު މިދާއިރާތަކުގައި ތިބީ ހުސް ބޭރުމީހުން !