Lanka ga hamalaa dhin iru IS ah ekameh neyngey
image
ލަންކާގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު ނޭޝަނަލް ތައުހީދް ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމް އައިއެސްގެ ދިދައެއްގެ ކުރިމަތީގައި-- ފޮޓޯ: އައިބީ ޓައިމްސް
2 ކޮމެންޓް
 

ލަންކާގައި ހަމަލާ ދިންއިރު އައިއެސް އަށް އެކަމެއް ނޭނގޭ

މިދިޔަ އޭޕްރިލް މަހު ސްރީ ލަންކާގެ ނަސާރާ ފައްޅިތަކާއި ލަގްޒަރީ ހޮޓާތަކަށް ބޮމުގެ ހަމަލާ ދިންއިރު އެކަން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނޭނގޭކަން ހާމަވެއްޖެ އެވެ.
އިންޓެލިޖެންސް އޮފިޝަލަކު އިންޑިއާގެ ދަ ހިންދޫ ނޫހަށް ބުނީ ހަމަލާއާ ބެހޭ މައުލޫމާތު އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ އަށް ލިބުނީ އެކަމުގައި ހިމެނޭ މީހަކު އެކަން އެންގުމުންނެވެ.

އޭގެ ކުރިން އެ ހަމަލާއާ ބެހޭ އެއްވެސް މައުލޫމާތެއް އައިއެސް އަށް ލިބިފައި ނުވާ ކަމަށް ވެއެވެ. އެކަމަކު ހަމަލާގެ ޒިންމާ އެ ޖަމާއަތުން ނަގާ ކަމަށް ބުނެފައި ވެއެވެ.

އެ އޮފިޝަލް ބުނެފައި ވަނީ އައިއެސް އަށް ތާއީދު ކުރާ މީހާ އެ ޖަމާއަތަށް ގުޅުމަށްފަހު ހަމަލާގެ ޒިންމާ އެފަރާތުން ނަގަން އެދުމުން، އައިއެސް އިން އެގޮތަށް އެކަން ކުރީ ކަމަށެވެ.

ހަމަލާ އަށް ދެދުވަސް ވީ ފަހުން އައިއެސް އިން އޭގެ ޒިންމާ ނެގި އެވެ. ހަމަލާތަކުގައި 250 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

ލަންކާގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނީ ނޭޝަނަލް ތައުހީދް ޖަމާއަތުގެ މެމްބަރުންނެވެ. އެ ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝިމް އަކީ އައިއެސް އަށް ވަފާތެރި މީހެކެވެ. އޭނާ ވަނީ އަމިއްލަ އަށް ބޮން ގޮއްވާލައިގެން މަރުވެފަ އެވެ.
ހިޔާލު

ތިމާ

ތިމާމެންގެ ބާރެއްނެތީޔޭ ކިޔާބަ !! ޢަދިވެސް ބަލި ގަބޫލްކުރަން އުޅޭކަށް ނޫޅޭނެ... ޙަޔާނުގަންނަ ބަޔެއްތީ!!

ތިމާ

ތިމާމެންގެ ބާރެއްނެތީޔޭ ކިޔާބަ !! ޢަދިވެސް ބަލި ގަބޫލްކުރަން އުޅޭކަށް ނޫޅޭނެ... ޙަޔާނުގަންނަ ބަޔެއްތީ!!