Pay toilet eh thereygai maruvefai oi meehaku fenijje
image
ޕޭ ޓޮއިލެޓެއް: މަރުވެފައި އޮތް މީހާ ފެނުނީ އެމްއެމްއޭ ކައިރީގައި ހުންނަ ޕޭ ޓޮއިލެޓުން.
0 ކޮމެންޓް
 

ޕޭ ޓޮއިލެޓެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މަރުކަޒީ ބޭންކް (އެމްއެމްއޭ) އާ ދިމާލުން، ކުރަނގި ގޯޅީގައި ހުންނަ ޕޭ ޓޯއިލެޓް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:35 ހާއިރު، ޕޭ ޓޮއިލެޓް ތެރޭގައި މީހަކު ގޮނޑިއަކަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ގޮސް އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލުން އޭނާ މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ 54 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
މާލެ މަރު ޕޮލިސް
ހިޔާލު