Pooja Sharma ah mifaharu ves libunee anhen kujjeh
image
ޕޫޖާ އޭނާގެ ދަރިންނާއެކު---
0 ކޮމެންޓް
 

ޕޫޖާ ޝަރުމާއަށް މިފަހަރު ވެސް ލިބުނީ އަންހެން ކުއްޖެއް

"ދިޔާ އޯރް ބާތީ ހަމް" އިން ފެނިގެންދިޔަ އެކްޓަރެސް ޕޫޖާ ޝަރްމާ އަށް ދެވަނަ ފަހަރު ވެސް ލިބުނީ އަންހެން ކުއްޖެކެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ޕޫޖާ ދެވަނަ ދަރިފުޅު ލިބުނުކަން ހާމަކޮށްފަ އެވެ. އޭނާ ވަނީ ދަރިފުޅުގެ ފޮޓޯ ވެސް ހިއްސާކޮށްފަ އެވެ. ގިނަ ބަޔަކު ޕޫޖާ އަށް މަރުހަބާ ކިޔަމުން އަންނަ އިރު ދަރިފުޅަށް ކިޔާނެ ނަމަކާ މެދު ގިނަ ބައެއްގެ ހިތުގައި މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ޕޫޖާ ކައިވެނިކޮށްފައި ވަނީ ޑައިރެކްޓަރު ޕުޝްކަރް ޕަންޑިތާ 2016 ވަނަ އަހަރެވެ. އެ ދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ 2017 ވަނަ އަހަރެވެ. އެފަހަރު އެމީހުންނަށް ލިބުނީ ވެސް އަންހެން ކުއްޖެކެވެ. އެކުއްޖާ އަށް ކިޔަނީ ވިޔާނާ އެވެ.
ހިޔާލު